ފުވައްމުލައް ސިޓީ ހޯދަޑު ފުޓުބޯޅަ ދަނޑުގައި ފީފާއިން ގަބޫލުކުރާ ފެންވަރުގެ ޓާފް އެޅުމުގެ ފުރަތަމަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެގޮތުން އިއްޔެ ވަނީ ހޯދަޑު ފުޓްބޯޅަ ދަނޑުގެ ފަސްގަނޑު އެއްވަރުކުރުމަުގެ މަސައްކަތް ފަށާފައެވެ.
މި ފިޔަވަހީގެ ދަށުން ދަނޑުގެ ފަސްގަނޑު އެއްވަރުކޮށް ފަސްގަނޑު ހަރުކޮށް ޓާފު އެޅުމަށް ފަސްގަނޑުު ތައްޔާރު ކުރާނެއެވެ. މިމަަސްކަތް ކުރުމަށް ފާއިތުވި ސެޕްޓެމްބަރު މަހު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ މަސައްކަތް ފަށާތާ 60 ދުވަހުގެ ތެރޭގައެވެ. ވުމާއެކު އެންމެ ލަސްވެގެން ކުރިޔަށް އޮތް 2020 ގެ ޖެނުއަރީ މަހުގެ ނިޔަލަށް މި މަސައްކަތް ނިމިގެން ދާނެކަމަށް ބެލެވެއެވެ.
މަސައްކަތުގެ މިމަރުހަލާ ނިމުމުން ދެން ކުރިޔަށް ދާނީ ޓާރފު އެޅުމުގެ މަސައްކަތެވެ. ފީފާ އިން ގަބޫލުކުރާ ފެންވަރުގެ ޓާރފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. އަމީން ކޮންސްޓްރަކްޝަނާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ ފާއިތުވި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަމީން ކޮންސްޓްރަކްޝަނާއި ޔޫތު މިނިސްޓްރީއާއި ދެމެދު މިކަމާއި ގުޅޭގޮތުން ވެވުނު އެއްބަސްވުމުގެ ދަށުން އިއްޔެ ފެށުނު ސަބްބޭސް ލޭޔަރގެ މަަސައްކަތް ނިމުނުހާ އަވަހަކަށް ޓާފް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ޔޫތު މިނިސްޓަރ މަހްލޫފް ވަނީ ވިދާޅުވެފައެވެ.

ފޯދަޑު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި. 30 ނޮވެމްބަރ 2019
މީގެ އެތައް އަހަރެއް ކުރިންވެސް ފީފާ ގޯލް ޕްރޮޖެކްޓްގެ ރާއްޖެއަށް ދަށުން ލިބުނު އެހީގައި ފުވައްމުލައް ސިޓީގައި ޓާރފް ދަނޑެއް އެޅުމަށް އޭރު އެފްއޭއެމް އިން ނިންމިއެވެ. ނަމަވެސް އޭގެ ފަހުން ޕީޕއެމް ސަރުކާރުގައި އޭރުގެ އެފްއޭއެމް އިން ވަނީ އެދަނޑު އެހެން ރަށަކަށް ބަދަލުކޮށްފައެވެ.
ހޯދަނޑު ފުޓުބޯޅަ ދަނޑުގައި ފީފާ ގަބޫލުކުރާ ފެންވަރުގެ ޓާފެއް އަޅަނީ
ހޯދަޑު ފުޓުބޯޅަ ދަނޑުގައި ޓާފް އަޅާނީ
5
4
3
2
1
- މިކްސް ވޮލީބޯޅަ މުބާރާތް މިއަދު ހަވީރު ފަށަނީ
- ހަވިއްތަ ފުޓްސަލް ޗެލެންޖު: މިސްކިްތމަގު އެންމެން ޓީމުން 7-1ގެ ބޮޑު މޮޅެއް ހޯދައިފި
- ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ބިޑް ފުވައްމުލައް ސިޓީން ކާމިޔާބުކޮށްފި
- ޕްރިމިއަރ ލީގު 2018/19 ޗެމްޕއިންކަން މެންޗެސްޓަރ ސިޓީއަށް
- ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މޮޅު އެމްޖޭއެސް އަށް