ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މޮޅު އެމްޖޭއެސް އަށް

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އެމްޖޭއެސް މޮޅުވީ 3-0 ން
Share on facebook
Share on twitter
Share on google

މިހާރު ފުވައްމުލައް ސިޓީަގއި ކުރިޔަށްދާ ޔޫތު މިކްސް ވޮލީ ޗެމްޕިއަންޝިޕް 2019 ގެ ފުރަތަމަ ދެމެޗުން އެމްޖޭއެސް އާއި ޑްރީމް ކިލަރސް މޮޅުވެއްޖެއެވެ. އިއްޔެ ފެށި މިމުބާރާތް ކުޅެވެނީ ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގެ ބޭގައިއޮތް ވޮލީ ކޯޓްގައެވެ.

މެޗުތައް ކުޅެވޭނީ ފުވައްމުލަކު އިޖުތިމާއީ މަރުކަޒުގައެވެ.

މިމުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ މުހައްމަދު ޖަމާލުއްދީން ސްކޫލް (އެމްޖޭއެސް) ޓީމާއި ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާ ޓީމެވެ. މިމެޗު 3 ސެޓް 0 ސެޓުން ކާމިޔާބުކުރީ އެމްޖޭއެސްގެ ޓީމެވެ.

އިއްޔެގެ ދެވަނަ މެޗުގައި ރޭ ބައްދަލުކުރީ ފުވައްމުލައް ސިޓީ ޕޮލިސް ޓީމާއި ޑްރީމް ކިލަރސް ޓީމެވެ. މިމެޗު 3 ސެޓް 1 ސެޓުން ކާމިޔާބުކުރީ ޑްރީމް ކިލަރސްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑްރީމް ކިލަރސް ގެ ޖާޒީ ނަމްބަރު 11 އަހުމަދު މުއާޒެވެ.

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ 2 ވަނަ މެޗުން ޑްރީމް ކިލަރސް މޮޅުވީ 3-1 ން، މެޗުގެ މޮޅު ކުޅުންތެރިޔާ މުއާޒު ޖ.11

ފުވައްމުލަކު އިޖުތިމާއީ މަރުކަޒުން އިސްނަގައިގެން ފުވައްމުލައް ސިޓީ ކައުންސިލާއި ގުޅިގެން ކުރިޔަށް ގެންދާ މި މުބާރާތުގައި މިއަދުވެސް ދެ މެޗުވެއެވެ.

މިއަދު ހަވީރު ބައްދަލުކުރާނީ އެމްޖޭއެސް ޓީމާއި ފުވައްމުލައް ސިޓީ ޕޮލިސް ޓީމެވެ. މެޗު ފަށާނީ ހަވީރު 4:30 ގައެވެ.

މިރޭގެ މެޗުގައި ބައްދަލުކުރާނީ ދަޑިމަގު ޒުވާނުންގެ ޖަމްއިއްޔާ އާއި ޑްރީމް ކިލަރސް އެވެ. ރޭގަނަޑުގެ މެޗު ފަށާނީ 8:15 ގައެވެ.

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުން އެމްޖޭއެސް މޮޅުވީ 3-0 ން

މުބާރާގެ މެޗުތައް ކުޅެން ހަމަޖެހިފައި ވަނީ ކޮންމެ ޓީމެއް އެހެން ޓީމުތަކާއި ވާދަކުރާ ގޮތަށް، އެންމެ މޮޅުވާ ޓީމެއް މުބާރާތުގެ ފައިނަލަށް ދާ ގޮތަށެވެ. ދެ ވަނަ އަދި 3 ވަނަ ޓީމު ސެމީފައިނަލުގައި ވާދަކޮށް މޮޅުވާ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅެވޭނީ މި ޑިސެމްބަރު މަހު 10 ވަނަ ދުވަހުއެވެ.

ޔޫތު މިކްސް ވޮލީބޯޅަ މުބާރާތުގެ 2 ވަނަ މެޗުން ޑްރީމް ކިލަރސް އާއި ޕޮލިސް މެޗުން މޮޅުވީ 3-0 ން މޮޅުވީ ޑްރީމް ކިލަރސް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments