ފުވައްމުލައް އޮފީސް ފުޓްސަލް މުބާރާތް މިއަދު ފަށަނީ

ފުވައްމުލަކު އޮފީސް ފުޓްސަލް މުބާރާތް މިއަދު ފަށަނީ
Share on facebook
Share on twitter
Share on google

ފުވައްމުލަކު އިޖުތިމާއީ މަރުކަޒާއި ފުވައްމުލައް ސިޓީ ގުޅިގެން ބާއްވާ އޮފީސް ފުޓްސަލް މުބާރާތް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. މިމުބާރާތުގައި 8 ޓީމަކުން ވާދަކުރެއެވެ. މިމުބާރާތް ކުޅެވޭނީ ފުވައްމުލައް ސިޓީ ސްޓޭޑިއަމްގައެވެ.

މުބާރާތުގެ ކުޅުން ހަމަޖެހިފައި ވަނީ 2 ގްރޫޕަށް ޓީމުތައް ގުރުއަތުން ބަހާލައިގެން ކުޅެ ކޮންމެ ގްރޫޕަކުން ވެސް ކުރި ހޯދާ ދެ ޓީމެއް ސެމީ ފައިނަލުގައި ވާދަކުރާ ގޮތަށެވެ.

މި މުބާރާތް ހުޅުވާލާފައި ވަނީ ފުވައްމުލައް ސިޓީގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން ފުވައްމުލަކަށް ނިސްބަތްވާ އަމިއްލަ މުއައްސަސާތަކަށެވެ. އެގޮތުން މިފަހަރުގެ މުބާރާތުގައި ދައުލަތުގެ 7 މުއައްސަސާއެއްގެ ޓީމާއި އަމިއްލަ އެއް ކުންފުނީގެ ޓީމު ހިމެނެއެވެ.

ފުވައްމުލަކު އޮފީސް ފުޓްސަލް މުބާރާތް 2019 ގްރޫޕް 1ގެ ޓީމުތައް

ފުވައްމުލައް ސިޓީ ރައްޔިތުންގެ މެދުގައި އެކުވެރިކަން އާލާކޮށް ފުވައްމުލަކުގައި ފުޓުސަލްގެ ރޫޙު އާލާކޮށް ކުޅުންތެރިން އުފައްދައި ކުޅުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަގުސަދުގައި ބާއްވާ މި މުބާރާތުގައި ކޮންމެ ދުވަހަކު ހަވީރު ދެމެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތައް

ގްރޫޕް 1

ފުވައްމުލައް ސިޓީ ޕޮލިސް

އެލިކޯން

އެމްއެންޑީއެފް ފުވައްމުލައް

ސަދަރން ލިންކް ފުވައްމުލައް

ގްރޫޕް 2

ކްލަބް ވެމްކޯ

ފުވައްމުލައް އެއަރޕޯރޓް ރިކްރިއޭޝަން

އެފްސީސީ ރިކްރިއޭޝަން ކްލަބް

ފެނަކަ ރިކްރިއޭޝަން ކްލަބް

ފުވައްމުލަކު އޮފީސް ފުޓްސަލް މުބާރާތް 2019 ގްރޫޕް 2ގެ ޓީމުތައް

މިއަދު ހަވީރު ކުޅޭ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފުވައްމުުލައް ސިޓީ ޕޮލިސް ޓީމާއި އެލިކޯން ގެ ތީމެވެ. މިމެޗު ފަށާނީ ހަވީރު 4؛00 ގައެވެ. އަދި މިއަދުގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 2 ގެ ދެ ޓީމު ކަމަށްވާ ކްލަބް ވެމްކޯ އާއީ ފުވައްމުލަކު އެއަރޕޯރޓް ރިކްރިއޭޝަން ކްލަބުގެ ޓީމެވެ. މިމެޗު ފެށުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:45 ގައެވެ.

މުބާރާތުގެ މެޗް ޝެޑިއުލް

މުބާރާތުގެ ގަވާއިދު

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments