އިއްޔެ ހަވީރު ކުޅެވުނު ފުވައްމުލަކު އޮފީސް ފުޓްސަލް ކަޕްގެ ފައިނަލް މެޗު 3-2 ން ކާމިޔާބުކޮށް ފެނަކަ ރިކްރިއޭޝަން ކްލަބުން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. ފައިނަލުގައި ފެނަކަ ޓީމުން ވާދަކުރީ އެއަރޕޯރޓް ރިކްރިއޭޝަނެވެ.
ފައިނަލަށް ފެނަކަ ޓީމު ދަތުރުކުރީ ސެމީފައިނަލުގައި ސަދާރން ލިންކ އާއި ކުޅުނު މެޗު 2-2 ން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން 5-3 ނަމ މޮޅުވެގެންނެވެ. އެއަރޕޯރޓް ރިކްރިއޭޝަން ފައިނަލަށް ދިޔައީ ސެމީ ފައިނަލުގައި ފުވައްމުލައް ސިޓީ ޕޮލިސް ޓީމު 2-1 ން ބަލިކޯސް މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން %100 މޮޅުވުމުގެ ރިކޯޑަކާއެކު އެވެ.
އިއްޔެ ހަވީރު ކުޅެވުނު ފައިންލ މެޗަށްފަހު މުބާރާތުގެ ވަނަތައްކަށް އިނާމާއި މެޑެލް އަދި ޓްރޮފީ ދިނުން ބާއްވާފައި ވެއެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމު ފެނަކަ ރިކްރިއޭޝަން ކްލަބު
މުބާރާތުގެ ރަނަރަޕް ޓީމު ފވމ އެއަރޕޯރޓް ރިކްރިއޭޝަން
މުބާރާތުގެ އެނެމް ގިނަ ގޯލު ޖެހި ކުޅުންތެރިޔާ: އަހުމަދު މުއާޒް ޖ.11 ސަދާރން ލިންކް
މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން ހޮވައި ހަނދާނީ ލިޔުމާއި ޓްރޮފީދީފައި ވެއެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން
އިނާން އަހުމަދު ޖ.11 ފެނަކަ ރިކްރިއޭޝަން
އަހުމަދު މުއާޒް ޖ.11 ސަދާރން ލިންކް
އަހުމަދު ސިނާހް ޖ.20 ފވމ އެއަރޕޯރޓް ރިކްރިއޭޝަން
އަޝްރަފް އަބްދުﷲ ޖ.1 ފެނަކަ ރިކްރިއޭޝަން
އިސްމާއީލް އަލީފް ޖ.10 ފވމ އެއަރޕޯރޓް ރިކްރިއޭޝަން
މުބާރާތުގެ އެންމެ މޮޅު ކޯޗު ފެނަކަ ރިކްރިއޭޝަންގެ ކޯޗު ހުސޭން ޝާފީ އިބްރަހިމް
މިއީ ފުވައްމުލަކު އިޖުތިމާއީ މަރުކަޒާއި ފުވައްމުލައް ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލައް ސިޓީގެ ދައުލަތާއި އަމިއްލަ މުއައްސަސާތަކަށް އަމާޒުކޮށްގެންް އިންތިޒާމުކުރި މުބަރާތަކެވެ.
ޚިޔާލުތައް