A wide advertisement which will be shown on all devices. (700 x 100)

ކެރިއާ ބިނާކުރުމުގައި ބިނާކުރާނެ ގޮތުގެ މައުލޫމާތު ސެޝަނެއް ބާއްވަނީ

ކެރިއާ ގައިޑެންސް މައުލޫމާ ސެޝަނެއް ބައްވަނީ

ކެރިއާ ނުވަތަ ހަޔާތުގައި ތިމާ ކުރާނެ މައިގަނޑު މަސައްކަތެއް ޚިޔާރުކުރުމާއި އަދި އެކަމުގައި ދެމިހުންނާނެ ގޮތުގެ މައުލޫމާތު ސެޝަނެއް މާދަމާ ނޫން އަނެއް ދުވަހު، 9 ޖުލައި 2020 ވާ ބުރާސްފަތި ދުވަހު ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީގައި ބޭއްވުމަށް ތައްޔާރުވަމުން އެބަ ދެއެވެ.

މިސެޝަން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:15 ގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީގައެވެ. މިބައްދަލުވުން އިންތިޒާމުކުރަނީ އިންޓްރާނެޓް އިން މޯލްޑިވްސްއާއި ވަން-ފުވައްމުލައް ގުޅިގެންނެވެ. “ބިލްޑިން އޭން އެމޭޒިން ކެރިއާ” ގެ ނަމުގައި ކުރިޔަށް ގެންދަން ރޭވިފައިވާ މިސެޝަނުގައި މައުލޫމާތު ދެއްވާނީ އެޗްއާރު ދާއިރާގެ ފުވައްމުލަކުގެ ޚާއްސަ ދެބޭފުޅުން ކަމުގައިވާ ހަަސަން ސައީދު އެއްގަމިގެ/މާދަޑު އާއި އަޙުމަދު މުހައްމަދު ދޫރެސް/ދަޑިމަގު އެވެ.

ފުވައްމުލަކުގެ އެންމެ ފުރަތަމަ އަތޮޅު ކައުންސިލަރު ހަސަން ސައީދު އަކީ ރާއްޖޭގައި އެންމެ ގިނަ މީހުން ވަޒީފާއަދާ ކުރާ ރިޒޯޓް ދާއިރާގައި މީހުން ބިނާކުރުމުގައި 30 ވަރަކަށް އަހަރު މަސައްކަތް ކުރައްވާފައިވާ އަދި މިހާރުވެސް ރިޒޯޓް ސިނީއާ މެނޭޖްމެންޓްގެ އިސް ވަޒީފާއެއް އަދާ ކުރައްވަމުން ގެންދަވާ، ހޮސްޕިޓަލިޓީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅޭކެވެ.

ބިޒނަސް އިނޮވޭޝަން ވީކް، 2019 ގައި ހަސަން ސައީދު ވާހަކަ ދައްކަވަނީ.

އަހުމަދު މުހައްމަދު އަކީ ހިއުމަން ރިސޯސްގެ ދާއިރާއިން އިސް ވަޒީފާއެއްގައި ގިނަދުވަހު އުޅުއްވާފައިވާ އަދި އެދައިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އަހުމަދު އާއި ހަސަން ވެސް ވަނީ 2019 ވަނަ އަހަރު ސެޕްޓެމްބަރު މަހު ފުވައްމުލަކުގައި “ބޭއްވި ބިޒިނަސް އިންނޮވެޝަން ވީކް”ގައި ވެސް ބައިވެރިންނަށް މުހިންމު މައުލޫމާތުތަކެއް ހުށަހަޅުއްވާ ދެއްވާފައެވެ.

އަލަށް ވަޒީފާއަށް ނުކުންނަ ފަރާތްތަކަށާއި މީހާރުވެސް ވަޒީފާގައި ތިބި ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ މި ސެޝަނުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައި ވަނީ އަމިއްލަ ނަފުސުގެ ގާބިލްކަން ދެނެގަތުމާއި، ކެރިއާއެއް ބިނާކޮށް ތަރައްގީ ކުރާނެ ގޮތްތަކާއި، ވަޒީފާގެ މާހައުލުގައި ވެރިމީހާ މުވައްޒަފުގެ ފަރާތުން ބޭނުންވާނެ ކަންތައްތަކާއި ގުޅޭ ގޮތުންނާއި، އިޚުތިޔާރުކުރި ދާއިރާގައި ދެމިހުންނާނެ ގޮތާއި، ކުރާ މަސައްކަތުން ހިތްވަރު ލިބިގަންނާނެ ގޮތްތަކާއި ވަޒީފާގެ ކަންކަމުގައި ބޭނުންވާ ކުދި މުހިންމު ކަންކަން ދެނެގަންނާނެ ގޮތް ބުނެދިނުން ހިމެނެއެވެ.

ބިޒނަސް އިނޮވޭޝަން ވީކް، 2019 ގައި އަހުމަދު މުހައްމަދު ވާހަކަ ދައްކަވަނީ.

ހަޔާތުގައި ކުރާނެ މަސައްކަތެއް ޚިޔާރުކުރުމަށް ގިނަ ޒުވާނުންނާއި ކިޔަވާ ކުދިންނަށް ދަތިވަނީ ކަމާއި ގުޅޭ މައުލޫމާތު އެކަށީގެންވާ ވަރަށް ނުލިބޭތީ ކަމަށް ބެލެވެއެވެ. މިފަދަ މައުލޫމާތުގެ ސެޝަންތަކުން މުހިންމު އެތައް މައުލޫމާތުތަކެއް ލިބިގެންދާނެއެވެ. ނަމަވެސް މިއަދުގެ ޒުވާން މުޖުތަމިއުން މައުލޫމާތު ހޯދަން ވެސް ނުކުންނަނީ ގިނަފަހާރާ އެއިގެ ބޭނުންޖެހޭ ވަގުތުގައެވެ. އެއިގެ ކުރިން މައުލޫމާތު ހޯދާ އަމިއްލައަށް ގޮތްނިންމަން އެކަށީގެންވާ ވަރަށް ތައްޔާރުވާ ކަމަށްކަށް ނުބެލެވެއެވެ.

ވަޒީފާ ހޯދުމުގެ ދަތިތަކުގެ ވާހަކައާއި ވަޒީފާ ނުލިބުމުގެ ވާހަކައިގެ އިތުރުން ވަޒީފާއަށް މުވައްޒަފުން ފަރުވާ ކުޑަވުމާއި ދާއިރާއެއްގައި ހަރުނުލާ ވާހަކަތަކަކީ މުޅި ރާއްޖޭގައި ވެސް ވަރަށް އާއްމު ވާހަކަ ތަކެކެވެ. މިފަދަ ސެޝަންތަކުން ފިލާވަޅު ދަސްކޮށް ވަޒީފާގެ މާހައުލަށް ނުކުތުމަކީ ތިމާގެ މުސްތަގުބަލް ހަރުދަނާ ކުރުމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅެވެ.

މި ޖުލައިމަހު 3 ގައި ވެސް ރިޒޯޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ ގޮތުން މައުލޫމާތު ނިމުނުގެ ސެޝަނެއް ބާއްވާފައި ވެއެވެ.

ރިޒޯޓް ފްރޮންޓް އޮފީސް މެނޭޖަރުން ގެ ޑެސްކުން ބައިވެރިންނަށް މައުލުމަތު ހިއްސާ ކުރި.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !