ފުވައްމުލަކުގެ ދަނޑުވެރިންނަށް ގއ. ނިލަންދޫއިން ދަނޑުބިން ދޫކުރުމުގެ އެއްބަސްވުމެއްގައި ގއ. ނިލަންދޫ ކައުންސިލާއި ފުވައްމުލައް ސިޓީ ކައުންސިލުން މިރޭ ސޮއިކޮށްފިއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ގއ. ނިލަންދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް ނާސިޙު އިބްރާހިމް އެވެ. އަދި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު ފަލާޙު ޝަރީފެވެ.

އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތު
މި އެމްއޯޔޫގެ ދަށުން ފުވައްމުލަކުގެ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަށް ގއ. ނިލަންދޫއިން ބިން ދޫކުރާނެއެވެ.
ގއ. ނިލަންދޫ އަކި ހުވަދުއަތޮޅު ދެކުނުބުރީން އެންމެ ބިންބޮޑު 3 ވަނަ ރަށެވެ. ނިލަންދޫގައި 61 ހެކްތަރު ހުރެއެވެ. އަދި އާބާދީގެ ގޮތުން 3 ވަނައަށް މީހުން އެންމެ މަދު ރަށެވެ. 2020 ވަނަ އަހަރު އެރަށުގެ އާބަދީއަކީ 771 ކަމަށް ނެޝަނަން ބިއުރޯ އޮފް ސްޓެޓިސްޓިކުން ލަފާކުރެއެވެ. އަދި އެރަށުގައި ތިބީ 109 ކިޔަވާ ކުދިންނެވެ.

ގއ. ނިލަންދޫ
ޚިޔާލުތައް