މި ސީޒަންގެ ޔޫއެފާ ޗެމްޕިންސް ލީގު ކުއާޓާ ފައިނަލް މެޗުތަކުގެ ގުރުއަތުލުން ސުވިޒަލޭންޑްގެ ނިއއޯންގައި ބާއްވައިފިއެވެ. ޔޫރަޕުގެ ގަދަ ބާރުންގެ ގޮތުގައި ބެލެވޭ އިނގިރޭސި ވިލާތުގެ 3 ޓީމާއި ޖަރުމަނުގެ 2 ޓީމާއި ފްރާންސް، ޕޯޗްގަލް އަދި ސްޕެއިންގެ 1 ޓީމާއެކު ޖުމްލަ 8 އިން ވަނީ ކުއާޓާރ ފައިނަލުގައި ވާދަކުރާނެއެވެ.
މިފަހަރުގެ ސީޒަން 2020/21 ގެ ގަދަ 8 އަށް މިދިޔައީ އިނގިރޭސިވިލާތުގެ މެންޗެސްތަރ ސިޓީ އާއި، ލިވަރޕޫލް އަދި ޗެލްސިއެވެ. ޖަރުމަނުގެ ބެޔާން މިއުނިކާއި ބްރޯޝިއާ ޑޯމުނޑްއެވެ. އަދި ސްޕޭންގެ ރިއަލްމެޑްރިޑާއި، ފްރންސްގެ ޕީއެސްޖީ އާއި ޕޯޗުގަލްގެ އެފްސީ ޕޯޓޯއެވެ.
ކްރިސްޓިއާނާ ރޮނަލްޑޯގެ އިޓަލީގެ ޔުވެންޓަސް އާއި މެސީގެ ބާސެލޯނާ އާއި ލުއިސް ސުއަރޭޒްގެ އެތުލެޓިކޯ މެޑްރިޑް ވަނީ ގަދަ 16 އިން މުބާރާތާއި ވަކިވާން ޖެހިފައެވެ. މި މުބާރާތުގައި ގައުމަކުން އެންމެ ގިނަވެގެން ވެސް ފުރުސަތު ލިބެނީ ލީގުގެ އެންމެ މޮޅު 4 ޓީމަށެވެ. ވުމއެކު އިނގިރޭސި 3 ޓީމު ކުއާޓާރ ފައިނަލަށް ދަތުރުކުރުމަކި ޕްރިމިއާ ލީގަށް ލިބުނު ވަރަސްބޮދު ކާމިޔާބީއެކެވެ. ޕްރިމިއާލީގުގެ މެންޗެސްޓަރ ޔުނައިޓެދް ކަޓާފައިވަނީ ގްރޫޕް ސްޓޭޖުންނެވެ. ވުމާއެކު މިފަހަރުގެ މުބާރާތް އިނގިރޭސި ޓީމެއް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވިދާނެއެވެ.
ގްރޫޕްގެ ފަހު މެޗުގައި ޖަރުމަނުގެ ޝާލްކޭ އާއި އިޓަލީގެ ވަރުގަދަ އިންޓަމިލާންގެ މެޗު 0-0 އިން އެއްވަރުވުމުން އެދެ ޓީމުވެސް މުބާރާތުން ކެޓީއެވެ. ޕޮއިންޓްގެ ގޮތުން އެއްވަރުވެ ދެވަނަ ޖާގަ ހެޑް-ޓް-ހެޑް ދެ މެޗުން ވެސް މޮޅުވެގެން ލިބުނީ ޖަރުމަނުގެ ވީއެފްއެލް ބޮރޫޝިއާ މޮއެންޝެންގްލެޓްބެކް އަށެވެ.
މިފަހަރުގެ ކުއާޓފައިނަލުގަިއ އަގުއޭރޯ އާއި ކަރިމް ބެންޒަމާ، އަދި އެމްބާޕޭއާއި ނޭމާ ފެންިގެންދާނެއެވެ. ނަމަވެސް މެސީއާއި ރޮނަލްޑޯއާއި ނުލައި މިމުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ނުކުޅޭތާ ޒަމާންތަކެއް ވެއްޖެއެވެ.

ޔޫއެފާ ޗެމްޕއިންސް ލީގް 2020/21 ދެވަނަ ބުރުގެ ޓީމުތައް ހޮވިއްޖެ
ކުއާޓާރ ފައިނަލުގައި ވެސް ކުޅޭނީ ހޯމް އެންޑް އަވޭ އުސޫލުންނެވެ. ދެމެޗުން ދެ ޓީމުގެ ޕޮއިންޓް އެގްރިގޭޓް އެއްވަރު ވެއްޖެނަމަ އިތުރު ވަގުތު ކުޅެނަތީޖާނެރރެވެތޯ ބަލާނީއެވެ. އެގޮތުން ވެސް އެއްވަރުވެއްޖެނަމަ ނަތީޖާނެރޭނީ ޕެނަލްޓީ ޖަހައިގެންނެވެ.
ކުއާޓާ ފައިނަލް މެޗްތައް
މެޗް 1: މެންޗެސްޓަރ ސިޓީ އާއި ބްރޯޝިއާ ޑޯމުންޑް – 6 އެޕްރީލް އަދި 14 އޭޕްރީލް
މެޗް 2: ޕޯޓޯ (ޕޯޗުގަލް) އާއި ޗެލްސީ – 7 އެޕްރީލް އަދި 13 އޭޕްރީލް
ކުއާޓާ ފައިނަލް 4،3: 7 އެޕްރީލް އަދި 13 އޭޕްރީލް
މެޗް 3: ބެޔާން މިޔުނިކް އާއި ޕީއެސްޖީ – 7 އެޕްރީލް އަދި 13 އޭޕްރީލް
މެޗް 4: ރިއާލް މެޑްރިޑް އާއި ލިވަރޕޫލް – 6 އެޕްރީލް އަދި 14 އޭޕްރީލް
ސެމި ފައިނަލް 1،2: 27/28 އެޕްރީލް އަދި 4/5 މެއި
މެޗް 1 މޮޅުވާ ޓީމު އާއި މެޗް 3 އިން މޮޅުވާ ޓީމު
(މެންސިޓީ/ޑޯމުންޑް އާއި ޕީއެސްޖީ/ބެޔާން)
މެޗް 2 މޮޅުވާ ޓީމު އާއި މެޗް 4 އިން މޮޅުވާ ޓީމު
(ރިއާލް/ލިވަރޕޫލް އާއި ޗެލްސީ/ޕޯޓޯ)
މިމުބާރާތުގެ ވެސް ފޭވަރިންޓުންނަކީ ނިމުނު ސީޒަންގެ ވެސް ޗެމްޕިއަނަކްން ހޯދި ޖަރުމަނުގެ ބެޔާން މިޔުނިކެވެ. ޚިޔާލުހޯދުމުގެ ވޯޓުން ދައްކާ ގޮތުގައި %22 މީހުން ބުނަނީ ބެޔާންކަމަށް އަދި ދެން އެންމެ ގިނަ މީހުން ބުނަނީ %19 އިން މެންޗެސްޓާ ސިޓީ މުބާރާތް ކާމިޔާބުކުރާނެ ކަަމަށެވެ.
ކުއާޓާފައިނަލުގައި އެންމެ ވާދަވެރިވާނެކަމަށް ބެލެވެނީ ޕީއެސްޖީއާއި ބެޔާން ގެމެޗެވެ. މިމެޗު ގެ ނަތީޖާ ލަފާކުރުމުގައި ދެޓީމު މޮޅުވާނެކަމަށް ވެސް ބެލުންތެރިނގެ %50 ވަނީ ލިބި ވަނީ އެއްވަރު ވެފައެވެ.
ޚިޔާލުތައް