A wide advertisement which will be shown on all devices. (700 x 100)

ބޯ ވިއްސާރައާއެކު ފުވައްމުލައް ސިޓީ ފެނު އަޑިއަށް

މިއަދުގެ ވިއްސާރައިގެ ފެންބޮޑުވި ބައެއް ތަންތަން.

ރެއިސުރެ ފުވައްމުލައް ސިޓީއަށް ބޯކޮށް ވާރޭވެހި ގިނަ ސަރައްހައްދުތަކެއްގައި ފެންބޮޑުވެއްޖެއެވެ. ވިއްސާރާގައި ވައިގަދަވުމުގެ ސަބަބުންނާއި ގެގެއަށް ފެން ވަނުމުގެ ސަބަބުން މީހުން މުދަލަށާއި ގަސްގަހަށް ބޮޑެތި ގެއްލުންތަކެއް ލިބިފަިއވާ ކަމަށް މިކަލް ނޫހާއި ވާހަކަ ދެއްކި މީހުން ބުނެއެވެ.

މިއަދުގެ ވިއްސާރައާއި ގުޅިގެން ފުވައްމުލައް ސިޓީގެ ހުރި އިސްކޫތަކެއްގެ ކިޔެވުން ވެސް ވަނީ ބަންދުކޮށްފައެވެ.

ރަށުގެ އެކި ސަރަހައްދުތަކުގެ ގޭގެ ތެރެއަށް ވެސް ފެން ވަދެފައިވާ ކަމަށާއި ބައެއްގޭގެ ތެރޭގައި ހިކި ތަންކޮޅެއްނެތި އެއްކޮށް ފެންބޮޑުވެފައިވާ ކަމަށްވެއެވެ. ކުޑަކުދިންނާއި މުސްކުޅިން ތިބީ އެނދާއި މޭޒުތައް މައްޗަށް އަރައި ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިއަދުގެ ވިއްސާރައިގެ ގެއްލުން ލިބުނު ބައެއް ތަންތަން. ފޮޓޯ އެފްބީ ޕ. މަލީޙު

ފެންބޮޑުވެފައިވާ ސަރަހައްދުތަކަށް ސިޓީ ކައުންސިލްގެ އިމަޖެންސީގައި ހަރަކާތްތެރިވާ މުވައްޒަފުންޏާއި ފަޔާ އެންޑް ރެސްކިއު އޮފިޝަލުން އަދި ސަލާމަތީ ބާރުތަކުން މަސައްކަތްކުރަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް ވެލި ބަސްތާތައް ޖެހުމާއި، ފެންބޮޑުވެފައިވާ ބައެއް ސަރަހައދުތަކުގަިއ ފެންޕަމްޕު ޖަހަިއގެން ފެން ހިއްކުމާއި ރަށުގެ އާރުތައް ހުލުވައި ފެން ބޭރުކުރުން ހިމެނއެވެ. އަދި ގަދަ ވަޔާއި އެކު މަގުތަކަށް ވެއްޓިފައިވާ ގަސްތައް ނަގައި ސާފުކުރުން ފަދަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ

މިއަދުގެ ވިއްސާރަގައި ގޭގެއަށް ލިބިފައިވާ ގެއްލުން ބެލުމަށް ފުވައްމުލައް ސިޓީ ކައުންސިލް ޓީމް ހަރަކާތްތެރިވަމުން އެބަދެއެވެ. އެގޮތުން ލިބިފައިވާ ގެެއްލުން ބެލުމަށް ރަށުގެ 8 އަވަށުގައި ވެސް ކައުންސިލް ޓީމްތަކުން ހަރަކާތެރިވަމުން ދާނެކަން ސިޓީ ކައުންސިލުން ހާމަކޮށްފައިވެއެވެ.

މިއަދުގެ ވިއްސާރައިގެ ގެއްލުން. ފޮޓޯ އެފްބީ ޕ. މަލީޙުރެއިއުރެ ފުވައްމުލައް ސިޓީއަށް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު މޫސުމާއި ބެހޭ އިދާރާއިން ވަނީ ނެރެފައެވެ. ރެގައި ފުރަތަމަ މޫސުމީ ރީނދޫ ސަމާލު އަދި އެއަގެ ފަހުން މޫސުމީ އޮރެންޖް އެލާޓް ނެރެފައިވެއެވެ. ރޭ އެންމެ ފުރަތަމަ ރީނދޫ ސަމާލު ނެރުނީ 10:00 އިންދަންވަރު 2:30 އަށެވެ. އަދި އެއިގެ ފަހުން އޮރެންޖެން އެލާޓް ނެރުނީ ފަތިހު 3:30 އިން ހެނދުނު 6:00 އަށެވެ. އަދި ހެނދުނު 8:00 އަށް އޮރެންޖް އެލާޓްގެ މުއްދަތު އިތުރުކޮށްފައި ވެއެވެ. މިޙާރު ވަނީ އަލުން ރީނދު ސަމާލުގަ ހާލަތަށް މޫސުމީ އިންޒާރު ދަށްކޮށްފައެވެ. ރާއްޖެއަށް މޫސުމީ އޮރެންޖް އެލާޓް ނެރެފައިވަނީ މިހާތަނަށް ވަރަށް މަދު ފަހަރަކުއެވެ.

ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ މޫސުމީ ހާލަތުމިހާރު ވަނީ ޔެލޯއެލާޓް އިތުރު ސަރަހައްދުތަކާއެކު މެންދުރުފަހު 2:00 އާއި ހަމަޔަށް ރާއްޖޭގެ ބޮޑުބަޔަކަށް އިތުރުކޮށްފައެވެ. އެގޮތުން ބ. މާޅޮސްމަޑުދު ދެކުނު ބުރިއާއި ޅ. ފާދިއްޕޮޅުން ފެށިގެން އައްޑުއާއި ހަމަޔަށް ސަރަހައްދު ވަނީ އިތުރުކޮށްފައެވެ.

ރަށުތެރޭގައި ފެންބޮޑުވުމާއެކު އިތުރު ނުރައްކަލެއް ވެސް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ފުވައްމުލަކުގެ ނަރުދާމާއިން ލީކުވުމާއި ޖަންކްޝަންތައް ބަންޑުވެ ރަށުތެރޭގެ ފެނާއި ނަޖިސްފެން އެކުވެފައިވާ ކަމަށް ވެއެވެ.

މޫސުމީ ހާލަތު

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !