A wide advertisement which will be shown on all devices. (700 x 100)

އިންތިޚާބީ ކައުންސިލް މެމްބަރުންނަށް ފުވައްމުލައް ސިޓީ ކައުންސިލް ހިންގުމުގެ ނިޒާމު ތައާރަފުކޮށްފި

މިއަދުގެ ބައްދަލުވުމުގައި ސިޓީ ކައުންސިލަށް އިންތިޚާބުވި މެމްބަރުންނަށް މައުލޫމާތު ދިނުން

ފުވައްމުލައް ސިޓީ ކައުންސިލަށް އިންތިޚާބުވެފައިވާ މޭޔަރާއި ސިޓީ ކައުންސިލް މެމްބަރުންނަށް ފުވައްމުލައް ސިޓީ ކައުންސިލް ހިންގުމުގެ ނިޒާމު ތައާރަފުކޮށް ދެއްވުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެގޮތުން މިއަދު ސިޓީ ކައުންސިލްގެ މީޓިން ރޫމުގައި ބޭއްވި ބައްދަލުވުމުގައި އަލަށް ސިޓީ ކައުންސިލަށް އިންތިޚާބުވި މެމްބަރުން ބައިވެރިވެފައި ވެއެވެ. މިއަދުގެ ބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. މިއަދުގެ ބައްދަލުވުމުގައި އިންތިޚާބީ ކައުންސިލް މެމްބަރުންނަށް މައުލޫމާތު ދެއްވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހުއެވެ.

ފުވައްމުލައް ސިޓި ކައުންސިލަށް އިންތިޚާބު ކުރެވިފައިވ 6 މެމްބަރުނާއި މޭޔަރުގެ ހުވައިކުރުމުގެ ކަންކައްތައް ކުރިޔަށް އޮތް މެއި މަހުގެ ތެރޭގައި ބާއްވާނެކަމަށް ލޮކަލް ގަވަރމެނތް އޮތޯރިޓީ (އެލްޖީއޭ) އިން ހާމަކުރައްވައެވެ.

މިއަދުގެ ބައްދަލުވުމުގައި ސިޓީ ކައުންސިލަށް އިންތިޚާބުވި މެމްބަރުންނަށް މައުލޫމާތު ދިނުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !