A wide advertisement which will be shown on all devices. (700 x 100)

ކުރިޔަށް އޮތް 5 ދުވަހު ފުވައްމުލައް ސިޓީއަށް ވެސް މޫސުން ގޯސްވާނެ

މިއަދު ނެރުނު މޫސުމީ ވައިޓް އެލާޓް

ކުރިއަށްއޮތް 5 ދުވަހު ފުވައްމުލައް ސިޓީ ވެސް ހިމެނޭގޮތުން ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް ރާއްޖެގެ މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއއެވެ. އެގޮތުްނ މިއަދު ވަނީ މޫސުމީ ހުދު ސަމާލު ނެރެފައެވެ.

މޫސުމީ ހުދު ސަމާލު މިއަދު ނެރެފައިވަނީ މާލެ އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ ހުރިހާ އަތޮޅަކަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރު ރާއްޖޭގެ މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއެވެ. މާލެއަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީ ހިމެނޭ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ވެސް މޫސުމާބެހޭ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުނު މޫސުމީ ބަޔަނުގައި ވާގޮތުން މާދަމާ (11 މެއި 2021) ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެއެވެ. މިވިއްސާރާގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

ރާއްޖޭގެ ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދައެރެން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމކޮށްފައި ވެއެވެ.

ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން އަދި އާއްމުކޮށް އެންމެން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައި ވެއެވެ.

ބޯކޮށް ވާރޭވެހޭ ފަހަރުތަކުގައި ފުވައްމުލައް ސިޓީގެ އެތެރޭގައި ފެންބޮޑުވެ ދަތުރުފަތުރުކުމަށް ހުރަސް އެޅޭއެވެ. ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ މިފަދަ ހާލަތަކަށް އަބަދުވެސް ތައްޔާރަށް ތިބޭކަމަށް ހާމަކޮށްފއެވެ. އެގޮތުން ފެންބޯދުވާ ގޮތް މެދުވެރިވެއްޖެ ނަމަ ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމާއި ގޭގެއަށް ފެންވަނަ ނުދިމުމުގެ މަސައްކަތް ކުރެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !