މިއަދު ފުވައްމުލައް ސިޓީ ހިމެނޭ ދެކުނުގެ 5 އަތޮޅަށް 2 ފަހަރު މަތިން ގައުމީ މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ. އެގޮތުން އެންމެ ފުރަތަމަ ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:00 އިން މެދުން1:00އަށެވެ. އަދި އެއިގެ ފަހުން 1:00 އިން ހަވީރު 5؛00 އަށް ވެސް ވަނީ ރީނދޫ ސަމާލު ނެރެފައެވެ. އަދިއެންމެ ފަހުން މިރޭ 9:45 އާއި ހަމަޔަށް މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މޫސުމާ ބެހޭ އިދާރާއި ފާހަގަކުރާ ގޮތުގައި މިއީ ރާއްޖެއަށް މިއަހަރުގެ ހުޅަނގު މޫސުން ފެށެން ކައިރިވުމުން މޫސުމަށް އަންނަ ބަދަލާއެކު ކުރާ އަސަރެކެވެ.
ކުރިޔަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށް ވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް ހާމަކުރެއެވެ.
ރާއްޖެގެ ކަނޑުތައް ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން 3 – 5 ފޫޓު އާއި ދެމެދުގައި ހުންނާނެކަމަށް ލަފާކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާކަމަށް ހާމަކޮށްފައި ވެއެވެ.
އެއާއެކު ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ދަންނަވާފައި ވެއެވެ.

މިރޭ މުޅިރާއްޖެއަށް ނެރުނު ނެރުނު މޫސުމީ ވައިޓް އެލާޓް
ޟޮޮސުމެެ
މޫސުމާބެހޭ ޤައުމީ އިދާރާއިން އިއްޔެ ނެރުނު މޫސުމީ ބަޔަނުގައި ވާގޮތުން މިއަދު (11 މެއި 2021) ފެށިގެން ކުރިއަށްއޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެއެވެ. މިވިއްސާރާގައި ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.
ރާއްޖޭގެ ކަނޑުތައް ގަދަވެ، ބައެއް ރަށްތަކަށް އުދައެރެން އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމކޮށްފައި ވެއެވެ.
ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން އަދި އާއްމުކޮށް އެންމެން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ. ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ވެސް އެ އިދާރާއިން އިލްތިމާސްކުރައްވާފައި ވެއެވެ.
ޚިޔާލުތައް