ފުވައްމުލައް ސިޓީގައި މިއަދު ހުވަންޏަށް ބޭސް ޖަހަން ފަށާނެ ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. ރޭ ބޭއްވި ފުވައްމުލައް ސިޓީ ކައުންސިލްގެ ޕްރެސް ބްރީފިންގައި ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު ވިދާޅުވީ ބޭސް ޖަހަން އެދޭ ފަފަރާތްތަކުން ކައުންސިލަށް ގުޅުވައި ނަން ޏޯޓްކުރެއްވުމަށެވެ.
ބޭސްޖެހުމުގައި އިސްކަންދޭ ތަރުތީބެއް ވެސް އަބްދުﷲ ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އެނެމް އިސްކަމެއް ދޭނީ އެންމެ ފުރަތަމަ މީހުން ދިރިއުޅޭ ގެގެ ހުވަނީގެ އުނދަގުލުން ސަލާމަތް ކުރުން ކަމަށެވެ. އއަދި ގިނަ ބަޔަކަށް އުނދަގޫވާ ތަންތަނުގައި އުފެދިފައިވާ ހުވަންޏަށް ބޭސްޖެހުމަށް ކަމަށެވެ.
ހުވަންޏަސް ބޭސް ޖެހުމުގަިއ މީގެ ކުރިން އާއްމުގެ އެނެމް ބޮޑު ޝަކުވާއަކަށް ވެފައިވަނީ ނަންނޯޓްކުރާ ފަރާތްތަކުގެ މެދުގައި އިންސާފުވެރި ހަމަހަމަ އުސޫލަކުން ތަރުތީބުކުރެވިގެން ބޭސްޖެހުމުގެ ކަންތައްތައް ކުރިޔަށް ގެނދެވިފައި ނުވާކަމުގެ ޝަކުވާއެވެ. އަދި ބައެއް ފަހަރު ބޭސް ޖެހިޔަސް ހުވަނި މަރުނުވާ ކަމުގެ ޝަކުވާއެވެ.

ހުވަނީ – ހޫފާނި. ފޮޓޯ؛ ޔާޕެ
މިކަމާއި ގުޅިގެން މިކަލް ނޫހުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން “ހަމަޔަގީނުންވެސް ކައުންސިލްގެ ފަރާތުން މިގުޅާ ތަރުތީބުން، ރައްޔިތުްގެ ފަރާތުން އަންނަ ކޯލްތައް އަންނަ ތަރުތީބުން ސިޓީ ކައުންސިލުން އެކަމަށް އެޓެންޑް ވަމުންދާނެ ބަރާބަރަށް. މީގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ. ހަމަޔަގީނުންވެސް މިތަނުގެ ވެރިއަކު ބުނެގެން ލިސްޓ ބައިޕާސްކޮށް ނުވަތަ އޮތްތަރުތީބު ބްރޭކުކޮށްފައި ނުދާނެ ކަމުގެ ޔަގީންކަން ހުރިހާ ރައްޔތުންނަށް އަރުވަން’ ކަމަށް ސިޓީ ކައުންސިލް މެމްބަރު އަބްދުﷲ ޔަގީންކަން ދެއްވަމުން ވިދާޅުވިއެވެ.
ރައްޔިތުންގެ ފަރާތުން އެކަމަށް އެދިގެން އަންނަ ކޯލްތަކުގެ ތަރުތީބާއި އެއްގޮތަށް ބަރާބަރަށް އެޚިދުމަތް ލިބިގެން ދާނެކަމަށް ތަކުރާރު ކުރެއްވިއެވެ.
ހުވަނި ނުވަތަ ހޫފާނި އަށް ބެސް ޖަހަން ބޭނުންވާ ފާރާތްތަކުން ސިޓީ ކައުންސިލްގެ 7315001 ނަމްބަރ އަށް ގުޅައި ނަންނޯޓް ކުރަން ހުޅުވާލެވިފައިވާކަމަށް ހާމަކުރެއްވިއެވެ.

ހުވަނީގެ ލައިފް ސައިކަލް
ހުވަންޏަށް ބޭސް ޖަހާތީ އެކމާއި ދެކޮލަށް ވެސް ފުވައްމުލަކު ބައެއް މީހުން ސޯޝަލް މީޑިއާގައި ޚަިޔާލު ފާލުކުރަމުން ދެއެވެ. ބޭހުގެ ގޮތުގައި ޖަހާ ކެމިކަލްގެ ސަބަބުން ލިބިދާނެ ތަފާތު ގެއްލުމުގެ ވާހަކަ އެމީހުން ދައްކައެވެ. ނަމަވެސް ދުނިޔޭގައި ހުވަންނަށް ބައިލޮޖިކްލ ކޮންޓްރޯލެއް އަދި މުޅިން ޔަގީނު ކުރެވިފައިވާކަމަކަށް ނުވެއެވެ. ނަމަވެސް މިކމާިއ ގުޅޭ ދިރާސާތައް ޔޫރަޕްގައި ކުރެވި މިހާރު ވަނީ އަޖުމަބެލުމުގެ މަރުހާލާތަކުގައެވެ.
ޚިޔާލުތައް