ފުވައްމުލައް ސިޓީ ކައުންސިލްގެ ޖަލްސާ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހަ ބާއްވާގޮތަށް ތާވަލް ކޮށްފައިވާކަން ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.
ރޭ ކުރިޔަށްދިޔަ ފުވައްމުލައް ސިޓީ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަލް ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓްޓަ ޖެނެރަލް ވިދާޅުވީ ސިޓީ ކައުންސިލްގެ ހިންގާގަވާއިދު ފާސްވެގެން ދިޔައިރު ހަފުތާއަކު އެއްދުވަހު ބޭއްވުމަށް ގާނޫނު ލާޒިމުކުރާ އާއްމުޖަލްސާ ބޭއްވުމަށް އެގޮތަށް ފާސްކޮށްފައި ވާކަމަށެވެ. އެއިގެ މާނައެއް ނޫން ޖަލްސާ ބޭއްވޭނީ ހަމައެކަނި ބުދަވަހުގައި ކަމަށް ވުން، އެހެން ދުވަސްތަކުގައި ވެސް ކައުންސިލްގެ ޖަލްސާބެއްވިދާނެ ކަމަށް ނިޖާހު ވިދާޅުވިއެވެ.
ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ފޮނުވަން އިންނަނީ 2 ދުވަސް ކުރިން ކަމަށް ވުމުން އެހާ ހިސާބުން ޖަލްސާގެ އެޖެންޑާ އާއްމުންނާއި ހިއްސާ ކުރެވިދާނެކަމަށް ހާމަކުރެއްވިއެވެ.
ކައުންސިލްގެ ޖަލްސާތަކުގައި އަޑުއެހުމަށް ރައްޔިތުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކު ބޭނުން ވެއްޖެއްނަމަ، ޖާލަސާ އޮންނަ ދުވަހުގެ ޖަލްސާގެ ގަޑިޖެހުމުގެ ކުރިން ކައުންސިލް އިދާރާއަށް ހާޒިރުވެ، ނަންނޯޓު ކުރުމުން، ޖަލްސާކުރާ މާލަމުގައި ޖާގަ ހުރި މިންވަރަކުން އާއްމުންނަށް ޖަލްސާ އަޑުއެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެއީ މީގެ ކުރިގައި ވެސް އެކަންތައް ކުރަމުން އައި އުސޫލުކަމަށް ހާމަކުރެއްވިއެވެ.
އެކަމަކު މިދުވަސްވަރު، ކޮވިޑް-19ގެ ދުވަސްވަރު އެފަދަ ފުރުސަތެއް ދެވޭނީ ކައުންސިލާއި މަޝްވާރާ ކުރުމަށްފަހު ގޮތެއް ނިންމައިގެން ކަމަށެވެ. މިދުވަސްވަރު ފުރުސަތު ދެވިގެންދާނީ އެޗްޕީއެގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވެސް ބަލައިގެން ކައުންސިލުން ނިންމާ އުސޫލެއްގެ ދަށުން ކަމަށް ވިދާޅުވިއެވެ.
ނަމަވެސް މިކަލް ނޫހަށް ކުރިން މިހަކު މައުލޫމާތު ދިން ގޮތުގައި ޖަލްސާގެ އަޑުއެހުމަށް އެދި ސިޓީ ކައުންސިލަށް ގުޅުން ޖަވާބު ލިބުނީ ރަސްމީ ސިޓީއެއް ހުށަހެޅުމަށް ކަމަށެވެ. އަދި ޖަލްސާހގެ އޯޑިއޯ ރެކޯޑިން އެއް އަޑުއަހަން ލިބޭގޮތް ނުވެފައިވާ ކަމަށެވެ.
ޚިޔާލުތައް