A wide advertisement which will be shown on all devices. (700 x 100)

ހޭޒްގެ ޕްރިންސިޕަލަށް އެއާޕޯޓުން ބެލެނިވެރިންގެ ހޫނު މަރުހަބާއެއް

ހޭޒްގެ ޕްރިންސިޕަލް އަނބުރާ އައުން

ހާފިޒު އަހުމަދު ސްކޫލު (ހޭޒް)ގެ ޕްރިންސިޕަލް އިމްތިހާޒު އަހުމަދު ފުވައްމުލައް ސިޓީއަށް އިއްޔެ ހަވީރު އައުމުން ބެލެނިވެރިން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ޕްރިންސިލްގެ މިދަތުރަކީ ޗުއްޓީ ދަތުރެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޕްރިންސިޕަލަށް މަރުހަބާ ކިޔުމަށް ދިޔަ މީހުން ވަނީ ޗަމްޕާޕޫލު މަލުން ހާރު ގަތައި، އެއާޕޯޓް ޓާމިނަލުން ޕްރިންސިލް ނުކުތްތަނުން މާބޮޑިތަކާއި މަލުގެ ހާރުތައް ކަރުގައި އަޅުވާފައެވެ. އަދި އެއާޕޯޓުގައި ސަފުހަދައިގެން ތިބި ބީހުންނާއި ޕްރިންސިޕަލް ސަލާން ކުރުމުން ދިޔައިރު ބައެއް މީހުން އެދިގެން ސެލްފީ އާއި ފަހު ގްރޫޕް ފޮޓޯތަކަށް ވެސް މަޑުކުރައްވާފައި ވެއެވެ.

ހޭޒްގެ ޕްރިންސިޕަލް އަނބުރާ އައުން

ޕްރިންސިޕަލަށް މަރުހާބާ ކިޔުމަށް އެއާޕޯޓަށް ގިނަ އަދަދެއްގެ ބަޔަކު ދިޔައިރު އޭގެ ތެރޭގައި ޓީއާރުސީ ކޯޑިނޭޓަރާއި ބެލެނިވެރިންނާއި ބައެއް ޓީޗަރުން ވެސް ހިމެނެއެވެ. އޭގެ ތެރެއިން ބައެއް މީހުން ހާމަކުރި ގޮތުގައި އެމީހުން އެއާޕޯޓަށް ދިޔައީ އަމިއްލައަށް އެކަމަށް އަމިއްލައަށް ބޭނުންވެގެންނެވެ. އެއްވެސް ފަރާތަކުން ބުނެގެން ނުވަތަ މަޖުބޫރުކޮށްގެން ދިޔަ ދިއުމެއް ނޫން ކަމަށް ވެސް ބައެއް މީހުން ފޭސްބުކް ސްޓޭޓަސްގައި ރޭ ހާމަކޮށްފައި ވެއެވެ.

ބައެއް މީހުން ފޭސްބުކް ސްޓޭޓަސްގައި އެގޮތަށް ލިޔެފައިވާ ކަމަށް ބެލެވެނީ އިއްޔެ “ފުވައްމުލައް ޓައިމްސް” އޮންލައިން ނޫހުގައި ހޭޒްގެ ޕްރިންސިޕަލް ބޭލުމަށް އެއާޕޯޓަށް ދިއުމަށް ޑެޕިއުޓީ ޕްރިންސިޕަލް މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމަށް ބުނެ ލިޔެފައިވާ ކަބަރަކާއި ގުޅިގެންނެވެ. އެއީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ދޮގު ވާހަކަތައް ލިޔުން ހުއްޓާލުމަށް ވެސް ބައެއް ފަރާތަތްކުން ފޭސްބުކްގައި އެ ކަބަރަށް ކޮމެންޓް ކުރުމުން ލިޔެފައި ވެއެވެ.

ޕްރިންސިޕަލަ ސްމަރުހަބާ ކިޔުމަށް ސަފުހަދައިގެން އެއާޕޯޓްގައި ބެލެނިވެރުން

ޕްރިންސިޕަލުން ފުވައްމުލައް ސިޓީއަށް އައުމަށް އޭނާއަށް މަރުހާބާ ކިޔުމަށް އެއާޕޯޓަށް ބެލެނިވެރިންނާއި ޓީޗަރުން ގޮސް އުޅުމަކީ އާމު ކަމެއްނޫނެވެ. ނަމަވެސް ބައެއް ޚާއްސަ ހާލަތްތަކުގައި، ޚާއްސަކޮށް އާއިލާ ގޮވައިގެން އަންނަ ޕްރިންސިޕަލުންނަށް މަރުހަބާ ކިޔާ މަންޒަރަކީ ކޮންމެވެސް ފުވައްމުލައް ސިޓީއިން ވެސް ފެންން މަންޒަރެކެވެ. ބެލެނިވެރިންނާއި ބައެއް ޓީޗަރުންގެ މިފަދަ މަރުހާބާ ކިޔުންމަކުން ދޭހަކޮށްދެނީ އެމީހުން ނުހަނު ބޭނުންވެފައި ތިބި ކަމެއް ފުރިހަމަވެގެން ދިއުންކަމަށް ވެއެވެ.

ފޭސްބުކް ބައެއް ކޮމެންޓްސް

އެގޮތުން ދާދި ފަހުން ހޭޒްގައި އެތެރޭގައި ދިމާވި މައްސަލާގައި ގިނަ ބެލެނިވެރިންތަކެއް އެދެމުން އައީ ޕްރިންސިޕަލް އަނބުރާ ފުވައްމުލައް ސިޓީއަށް އަންނާނެ ވަގުތަކަށެވެ. އަދި ޕްރިްނސިޕްލް އަނބުރާ ނައަތުވެދާނެތީ އެކަމުގެ ކަންބޮޑުވުންވެސް ކުރިން ހާމަކުރަމުން ގޮސްފައި ވެއެވެ. އެގޮތުން އެކަން ހާސިލުވުމުން އެކަމުގެ އުފަލުގައި ކީ މަރުހަބާއެއް ކަމަށް ބެލެވެވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !