ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ކަމަށް ސިވިލް ސާވިސް ކަމިޝަނުންނާއި އައްޔަންކުރެއްވި، މާދަޑު، އެސްޓޯރިއާ، އަސްލަމު ރަޝީދު، މަގާމާއި ހަވާލުވެ ވަޑައިގެން އޮފީހަށް ނުކުންނަށް ފައޓަވައިފިއެވެ.
އަސްލަމު ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) ކަމަށް އައްޔަންކުރަން ފެނޭތޯ ބަލަން ފުވައްމުލައް ސިޓީ ކައުނަސިލުން ނިމުނު އޮކްޓޯބަރު މަހު 14 ވަނަ ދުވަހުގެ ރޭ ނެގި ވޯޓުގައި ބައިވެރިހި ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮސްފައެވެ. ނަމަވެސް އެވޯޓުގައި 3 މެމްބަރަކު ބައިވެރިނުވެއެވެ.
އިއްޔެ އަސްލަމު ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާއަށް މަސައްކަތަށް ނުކުތުމުން މުވައްޒަފުންނާއި ކައުންސިލް މެމްބަރުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ކުޑަ ހަފުލާއަކާއެކު ކޭކުފަޅާފައި ވެސް ވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް އަސްލަމު ރަޝީދު
އައްޔަން ކުރުމަށް ފެންނަ ކަމަށް ފާސްކޮށްފިއެވެ. މިރޭ ބޭއްވި ކުއްލި ޖަލްސާގައި ސިވިލް ސާވިސް އިން ފޮނުވާފާއިވާ ނަމަށް ފެނޭތޯ ނެގި ވޯޓގައި ބައިވެރިވި 3 މީހުންގެ އިއްތިފާގުން އަސްލަމު ގެންނަން ވަނީ ފާސްވެފައެވެ.
ސެކެރެޓަރީ ޖެނެރަލް އަކީ 5 އަހަރުދުވަހުގެ މުއްދަތަށް ސިވިލް ސާވިސް ކޮމިޝަނުން އާއްމުކޮށް އިއުލާންކޮށް، ކުރިމާތިލާ ފަރާތްތަކުގެ މެދުގައި އިންޓަވިއު އާއި އިލްމީ އަދި ތަޖުރިބާގެ މައްޗަށް ޕޮއިންޓް ދީގެ އެނެމް މަތިން ޕޮއިންޓްލިބޭ ފަރާތެއް މަގާމަށް އައްޔަންކުރުމަށް އެކައުންސިލަކަށް ފޮނުވައި ރުހުން ލިބުމުން އައްޔަންކުރާ މަގާމެކެވެ. އެގޮތުން ސިވިލްސާވިސް ކަމިޝަނުން ފޮނުވާ ނަމަށް އެކައުނސިލަކުން ރުހުން ނުލިބިއްޖެނަމަ ކުރިމަތިލީފަރާތުގެ ލިސްޓު ތަރުތީބުން ދެން އޮންނަ ފަރާތަކަށް ރުހުން އޮތްތޯބެލުމަށް ފޮނުވާގޮށް އަމަލުކުރެއެވެ. ކައުނސިލްތަކުގެ ސެކެތެޜަރީ ޖެނެރަލުންނަކީ ކޮންމެ ކައުންސިލެއްގައި ވެސް ހުންނަ ސިވިލްސާވިސްގެ އެންމެ އިސް މުވައްޒަފެވެ. އެއީ ސިޔާސީ ަމގާމެއް ނޫނެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ސެކެރެޓަރީ ޖެނެރަލް އަސްލަމު ރަޝީދު
ފުވައްމުލައް ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ބޭނުންވާކަމަށް ހާމަކުރައްވާފައިވަނީ، ސިޓީ ކައުންސިލްގެ އެސްޖީއަކަށް މީހަކު ހޮވުމުގެ މަރުހަލާތަކުގައި މިހާރަށވުރެ ބޮޑށް ސިޓީ ކައުންސިލްގެ ދައުރެއް އޮތުމަށެވެ. ނަމަވެސް އެހެން މެމްބަރުން ބޭނުންވީ އެސްޖީގެ މަގާމަކީ ސިވިލްސާވިސް މަގާމަކަށް ވުމުން، އެމަގާމަށް މީހަކު ހޮވމުގައި އެންމެ އިންސާފުވެރިވާނީ ސިޔާސީ ފަރާތްތައް ނުހިމަނައި ސީދާ ސިވިލް ސާވިސް ކަމިޝަނުން އެމަގާމަށް މީހަކު އައްޔަން ކުރުން ކަމަށެވެ. އަދި އެމަގާމަށް މީހަކު އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރަކީ ސިވިލް ސާވިސް ކައުންސިލަށް ގާނޫނީގޮތުން ލިބިގެންވާ ބާރެއްކަމަށް ވެފައި އެކަމަށް ކަޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އެކަން ކުރުމަކީ އެނެމް ފުރިހަމަ ގޮތްކަމަށެވެ.
އެކަމުގައި ސިވިލް ސާވިސް ކަމިޝަނުން މިހާރު އމަލުކުރާ ގޮތަކީ އެންމެ ރަނަގޅުގޮތެއް ކަމަށާއި އެކައުންސިލުން ބަލާ މިންގަޑުތަކުން ވަޒަން ކުރުމަށްފަހު އެމީހަކާއި މެދު ކައުންސިލްގެ ރުހުން ހޯދުން ކައުންސިލުގެ ބަހެއްވެސް އެކަމުގައި އެކަށީގެންވާ މިންވަރަށް އެކުލެވޭކަމަށް ބެލެވޭކަމަށެވެ.
އަސްލަމު ރަޝީފު ފުވައްމުލައް ސިޓީ ކައުންސިލުގެ ސެކެރެޓަރީ ޖެނެރަލް ކަމަށް އައްޔަން ކުރެވިފައިވަނީ އެމަގާމަށް ކުރިމަތިލި ފާރަތްތަކުގެ ތައުލީމާއި ތަޖުރިބާ އަދި ގާބިލުކަމަށް އިންޓވިއުކޮށްގެން ލިބުނު ޕޮއިންޓުން އެންމެ ކުރި ހޯދައިގެންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބޭއްވި ނިއުސް ބްރީފިން 21 މާރިޗް 2021
ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައި ހިމެނޭ ސިވިލްސާވިސް އިސް ބައެއް މުވައްޒަފުން
ފުވައްމުލައ ސިޓީ ކައުނސިލްގެ ސެކެރަޓަރީ ޖެނެރަލް އަސްލަމު ރަޝީދު
ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު
ޑިރެކްޓާ އަލީ މަސީހު – ބިމާއި ބެހޭ ކަންތައްތަކާއި، ސޯޝަލް ޑިވެލޮޕްމެންޓް، އިޖުތިމާއީ އަދި ކުޅިވަރު، ސްޓްރެޓެޖިކް ޕްލޭނިން
ޑިރެކްޓާ އަހުމަދު މުހައްމަދު (މީނާޒު) – ފުވައްމުލައް ސިޓީ މެއިންޓެނެންސް
ޑިރެކްޓާ އަހުމަދު އަރީފު – ޕްރޮކިއުމަންޓް އަދި އެޑްމިނިސްޓްރޭޝަން
ޚިޔާލުތައް