ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމު ކުރާ ފުޓްސަލް މުބާރާތެއް މިހަރު (2021) ޑިސެމްބަރު 21ގައި ބޭއްވުމަށް އިއުލާން ކޮށްފިއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ފުވައްމުލަކުގެ ރައްޔިތުންގެ މެދުގައި އިޖުތިމާއީ ރޫޙު އާލާކޯށް ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދައި ކުޅުންތެރިނަށް ކުޅުމުގެ ފުރުސަތު ހޯދައިދިނުންކަމަށް މުބާރާތުގެ ގަވާއިދުގައި ވެއެވެ.
މުބާރާތް ހުޅުވާލާފައި ވަނީ ފުވައްމުލައް ސިޓީގެ އަވަށްތަކުގެ ފިރިހެން ޓީމުތަކަށެވެ. ކޮންމެ އަވަށަކުން ވެސް ގިނަވެގެން ބައިވެރިވެވޭނީ 2 ޓީމަށެވެ. އަދި މުބާރާތް ބާއްވާނީ މަދުވެގެން 4 ޓީމު ބައިވެރިވާނަމައެވެ. ކޮންމެ ޓީމެއްގައި ރަށުން ބޭރު 2 ކުޅުންތެރިން ހިމެނުނު ކަމުގައި ވިޔަސް އެއްފަހަރާ ކުޅެން އެރޭނީ ރަށުން ބޭރު 1 ކުޅުންތެރިއަކަށެވެ.

ފުވައްމުލައް ސިޓީ އޮފީސް ފުޓްސަލް ކަޕް 2019: ފެނަކަ ރިކްރިއޭޝަން ކްލަބު-ހުދު
މި މުބާރާތުގައި ބައިވެރިވުމަށް އަންނަ ޑިސެމްބަރު މަހުގެ 12 ގެ 12:00ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމަށް ވަނީ ހުޅުވާލާފައެވެ. މުބާރާތުގެ ޓީމު ލިސްޓް ހުށަހެޅުމަށް ކަނޑަޅާފައިވާ ތާރީޚަކީ 16 ޑިސެމްބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށެވެ. މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ސިޓީ ކައުންސިލްގެ އިދާރާއިންނާއި ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމަށް ހާމަކުރައްވައެވެ.
މުބާރާތާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ސިޓީ ކައުންސިލްގެ ފޯން ނަމްބަރު 6865001 އަށް ގުޅުމަށް އެދިފައި ވެއެވެ.
ޚިޔާލުތައް