A wide advertisement which will be shown on all devices. (700 x 100)

ފަތުރުވެރިންގެ ބީޗަކަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

ފަތުރުވެރިންނަށް ޚައްސަ ބީޗެއް ކަނޑައެޅުން މުހިންމުވޭ.

ފުވައްމުލައް ސިޓީގައި ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ކަނޑައެޅުމަށް ރައްޔިތުންގެ ޚިޔާލު ހޯދަން ސިޓީ ކައުންސިލުން ބައްދަލުމަކަށް ގޮވަލައިފިއެވެ.

މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ (23 ނޮވެމްބަރު 2021) ވާ އަންގާރަ ދުވަހުގެ ރޭގަނޑު 8:30ގައި ފުވައމްލައް ސިޓީ އިދާރާގެ ޖަލްސާ ކުރާ މާލަން، ކުރުނދުމާ މާލަމުގައެވެ.

މި ބައްދަލުވުމުގައި ރައްޔިތުންނާއި މަޝްވަރާކޮށް ޚިޔާލު ހޯދަނީ ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ކަނޑައަޅާނީ ފުވައްމުލައް ސިޓީގެ ކޮން ސަރަހައްދަކުން ތޯއެވެ.

ފުވައްމުލައް ސިޓީއަށް ވެސް ފަތުރުވެރިން ޒިޔާރަތް ކޮށް ތަފާތު ބީޗްތައް ބޭނުންކުރުމުގައި އިޖުތިމާއީ ގޮތުން ތަފާތު މައްސަލަތައް މަދުން ނަމަވެސް އަންނަނީ ފެންމަތިވަމުންނެވެ. ފަތުރވުވެރިންނަ ށްވަކި ޚާއްސަ ބީޗެއް ކަނޑައެޅުމުން އެފަދަ މައްސަލަތައް މަދުވެ ކަންކަން ހައްލުކުރުން ފަސޭހަވާނެކެމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ފުވައްމުލައް ސިޓީ – ފޮޓޯ- އޮލިގެ

ފުވައްމުލައް ސިޓީގައި ވެސް ފަތުރުވެރިކަން ތަރައްގީކުރަން ރައްޔިތުންގެ ބޭނުވާކަން ސާފުކޮށް އެނގޭ އެންމެ ބޮޑު ހެއްކަކީ ފަތުރުވެރިކަމާއި ގުޅެ އެކިއެކި ކަންކަމަށް ބޮޑެތި އިންވެސްޓް މަންޓްތައް މީހުން ކޮށްފައިވާތީ އާއި އަދިވެސް އިތުރަށް ކުރަމުން އަންނާތީއެވެ. އެއީ އެކަމުން ލިބޭ މަންފާ ރަނގަޅުވީމައެވެ. އެގޮތުން ގިނަ ޑައިވިން ސްކުލްތަކަކާއި ގެސްޓްހައުސް ތަކެއް ފުވައްމުލައް ސިޓީގައި މިހާރު ވަނީ ގާއިމުކޮށްފައެވެ.

ވުމާއެކު ފަތުރުވެރިންނަށް ޚާއްސަ ބީޗެއް ހެދުމަކީ މިދާއިރާގެ ވިޔަފާރިތައް ކުރާ މީހުންނަށް މުހިންމު ކަމެކެވެ. އަދި މުޅިރަށުގެ އެންމެނަށް ވެސް މިކަމުން ފައިދާތަކެއް ލިބިގެން ދާނެ ކަމެކެވެ.

ނަމަވެސް ބައެއް އާއްމުންގެ ކަންބޮޑުވުމަކީ އެމީހުން މިޙާރު ބޭނުންކުރާ ތޫނޑު ފަތުރުވެރިންނަށް ޚާއްސަ ތަނަކަށް ވެގެން ގޮސްދާނެތީއެވެ.

 

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ފަތުރުވެރިކަމުގެ ފައިދާ ފުވައްމުލަކުގެ ރައްޔިތުންނަށް ހޯދައިދޭން ބޭނުމިއްޔާ އެރަށު ކައުންސިލަށް ރިސޯޓު ހިންގާނޭ ފަޅުރަށެއް ދީ! މީހުން ދިރިއުޅޭ ރަށްތަކުގައި ބިކިނީގަ އުޅުން ޢާންމުކުރުމަކީ ބަލައިގަނެވޭނެ ކަމެއްނޫން.