A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގެ “އިބަމަ” ޤާއިމްކުރުމާއި މަސައްކަތް ފަށައިފި

އިބަމަ އިފުތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - 17 ފެބްރުއަރީ 2022

ފުވައްމުލައް ސިޓީގެ އިބަމަ (އިޖުތިމާއީ ބަދަހި މަދަދުވެރިކަން) ޤާއިމްކުރުމާއި މަސައްކަތް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ފަށައިފިއެވެ. މިރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ (17 ފެބްރުއަރީ 2022) ފުވައްމުލައް ސިޓީ ކުރުނދުމާ މަލަމުގައި ބޭއްވި އިފުރިތާޙީ ޖަލްސާގައެވެ.

އިބަމަ އަކީ (އިޖްތިމާޢީ ބަދަހި މަދަދުވެރިން) އެންމެ ރައްޔިތުންނަށް އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ މަޤުޞަދުގައި ޖެންޑާ މިނިސްޓްރީއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ރޭގެ ރަސްމިއްޔާތުގައި ސެޓްފިކެޓް ހާސިލުކުރި ބައިވެރިން

މިޖަލްސާގައި ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. އެއިގެ އިތުރުން ޔުނިސެފު މޯލްޑިވްސްގެ ރެޕްރެޒެންޓެޓިވް މަރުޖާން މޮންތާޒަމީ އާއި ފުވައްމުލައް ސިޓީ މޭޔާރު އިސްމާއީލް ރަފީގުގެ އިތުރުން ޖެންޑާ މިނިސްޓްރީގެ ފުވައްމުލައް ގޮފިީގެ ބޭފުޅުންނާއި މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިިވެ ވަޑައިގެންނެވިއެވެ.

ރޭގެ ޖަލްސާގައި މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީ އާއި ޔުނިސެފު މޯލްޑިވްސްގެ ރެޕްރެޒެންޓެޓިވް މަރުޖާން މޮންތާޒަމީ އާއި މޭޔާރު އިސްމާއީލް ރަފީގު ވަހަކަފުޅު ދެއްކެވިއެވެ.

ޖެންޑާ މިނިސްޓަރާއި ޔުނިސެފުން ފުވައްމުލައް ސިޓީ ކައުންސިލާއި ބައްދަލުކުރުން

ރޭގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ ވޯކްޝޮޕްގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދީފަިއ ވެއެވެ. ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ފުވައްމުލައް ސިޓީ މޭޔަރު އިސްމާޢިލް ރަފީޤު އެވެ.

ޖެންޑާ މިނިސްޓަރުގެ މިދަތުރުފުޅުގައި ފުވައްމުލައް ސިޓީ ކައުންސިލާއި  ޔުނިސެފް ރެޕްރެޒެންޓެޓިވް މަރުޖާން މޮންތާޒަމީ އާއި ޖެންޑަރ މިނިސްޓްރީގެ ފުވައްމުލައް ގޮފިީގެ ބޭފުޅުންނާއި މިނިސްޓްރީގެ ބައެއް އިސްވެރިން ބައިވެރިިވެ ވަޑައިގެންފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !