A wide advertisement which will be shown on all devices. (700 x 100)

ފަތުރުވެރިންނަށް އަމާޒުކޮށް ފުވައްމުލައް ސިޓީގެ ޗާޓް ފަރުމާ ކުރުމަށް ހުޅުވާލައިފި

ފަތުރުވެރިން ޝައުގުވެރިވާ ތަންތަން ފާހަގަކޮށް ޗާޓްތައް ކުރެހުމަށް ހުޅުވާލައިފި

ފުވައްމުލައް ސިޓީގައި ފަތުރުވެރިން ބަލަން ޝައުގުވެރިވާ ތަންތަން ފާހަގަކޮށް ޗާޓް ފަރުމާ ކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އާއްމުކޮށް ހުޅުވާލައިފިއެވެ.

އެގޮތުން ތައްޔާރުކުރެވޭ ޗާޓުން ނުވަތަ ސައިޓް ސީން މެޕްތައް ފުވައްމުލައް ސިޓީގެ އެކިސަރަހައްދުތަކުގައި ހަރުކުރުމަށް ވަނީ ނިންމާފައެވެ.

މިފަދަ ޗާޓްތައް ފަރުމާ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 16 ޖޫން 2022 ވަނަ ދުވަހު 14:00 ގެ ކުރިން 7487900 އަށް ގުޅުއްވައި ނުވަތަ tourism@fuvahmulah.gov.mv އީމެއިލް މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެއްވުމަށް އާއްމު ދައުވަތު ހުޅުވާލާފައި ވެއެވެ.

ފުވައްމުލައް ސިޓީގައި ތާރީޚާއި ގުޅެ ބައެއް މުހިންމު ސަރަހައްދު ތަކުގެ ތެރޭގައި ގެންމިސްކިތާއި، ހަވިއްތަ، ކެޑޭރެ މިސްކިތާއި ހުކުރު މިސްކިތް، ރިބާތާއި ވަށުވެޔޮ ހިމެނެއެވެ.

ފުވައްމުލައް ސިޓީގައި ސައިޓް ސީން މެޕް ނުވަތަ މުހިންމު ތަންތަނަށް ދެވޭނެ މަގުތައް ފާހަގަ ކުރެވިފައިވާ ޗާޓްތަކެއް ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ފަސޭހައިން ފެންނާނެ ގޮތަށް ހުރުމަކީ އެފަދަ ތަންތަނަށް ގިނަބަޔަކު ޒިޔާރަތް ކުރުމަށް ފަސޭހަ ވެގެންދާނެކަމެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !