ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު (3 އޮކްޓޯބަރު 2022) ގައި ފުވައްމުލަކުގައި ‘ބޮޑު ފަންސާހުގެ’ ފޮޓޯ އެއް ނަގަން ތައްޔާރުވަމުން އެބަދެއެވެ.
ބޮދު 50ގެ ފޮޓޯ އަކީ ވީހާ ގިނަ ބަޔަކު އެއްވެގެން ފަންސާހުގެ (50) ސިފަޔަށް އެތުރިގެން އެއަދަދު އަލައި އެމަންޒަރުގެ ފޮޓޯ ޑްރޯން ބޭނުންކޮށްގެން މަތިން ނެގުމެވެ. މިކަން ބޭއްވުމަށް ރާވާފައިވަނި މިއަދު ހަވީރު 4؛00ގައި ފުވައްމުކު ބަންދަރު ސަރަހައްދުގައެވެ.
ބޮޑު ފަންސާސް ފޮޓޯ ނަގަން ވީހާވެސް ގިނަބަޔަކު ދިއުމަށް ފުވައްމުލައް ސިޓީ ކައުންސިލުން އެދިފައި ވެއެވެ. އަދި އެފޮޓޯގައި ބައިވެރިވުމަށް ދިވެހިވަންތަ ހެދުމައެއް ނުވަތަ ގައުމީކުލަ – ރަތް ކުލައިގެ ހެދުމެއްގައި ކުޑަކުދިންނާއި ބޮޑެތިމީހުން ވެސް ބައިވެރިވުމަށް ވަނީ އެދިފައެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި އެކު މިއަދު ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެނެމެހޭ ފަރާތަކަށް ފުވައްމުލައް ސިޓީ ކައުންސިލުން ފޮނުވާކަން ހާމަކޮށްފައި ވެއެވެ.
މިއަދު ފާހަގަކުރާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މިނާސަބާގައި މިއަދު ވަނީ ސަރުކާރުގެ އިދާރާތައް ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ ކަނޑައަޅާފައެވެ.
މިކަމާއި ގުލިގެން ފާތުރުވެރިކަމުގެ ދާއިއރާގައި މަސައްކަތް ކުރާ ބައެއް މީހުން މިކަން މާނަކޮށްފައިވަނީ އެމީހުންނާއި ގުޅުމެއް ނެތް މުހިންމު ނޫން ކަމެއްގެ ގޮތުގައެވެ. ނުވަތަ އެމީހުންނަށް ބަންދުނުވެ އެހެންބަޔަކަށް ދިން ލުޔެއްގެ ގޮތުގައެވެ.
ނަމަވެސް މިފަދަ ދުވަހެއް ފާހަގަ ކުރަނީ ފަތުރުވެރިކަމުގެއ ދައިރާގައި މަސައްކތް ކުރާ ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމގެ ގޮތުންކަން ބަލައިގަންނަންޖެހެއެވެ. އަދި މިއަދު ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން ސަރކާރުގެ ވަޒިފާތަކުގައި ތިބޭ މީހުންނަށްވެސް ފަތުރުވެރިަކމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްކުގެ މަސައްކތުގެ އަގު ވަޒަންކުރުމަށް ބާރަކަށްވެގެން ދެއެވެ. އަދި މިމުނާސަބާ ފާހަގަ ކުރުމަށް ވަގުތު ލިބިގެންދެއެވެ. ތިމާކުރާ މަސައްކަތކެއްގެ އަގުވަޒަންކުރާ ކޮންމެ ފަހަރަކު ތިމަގެ މަސައްކތުން ލުޔެއް ލިބުމަށް ވިސްނުމަކީ އަދި އެންމެ ރަނގަޅު ގޮތްކަމުގައި ނުވެދާނެއެވެ.
ކޮންމެ ގޮތެއްވިޔަސް މިދުވަހު ސަރުކާރުގެ މސައްކަތް މެދުކަނޑާލަނީ ނުވަތަ ބަންދުކުރަނީ، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހައްގުގައި އެމީހުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް އިތުރަށް ޖާގަ ހޯދުންކަމުގައި ބަލން ޖެހއެވެ. އެގޮތުން ރޭވިފައިވާ ހަރަކާތްތަކަށް ބަލާލިޔަސް އެއީ އެމަސައްކަތުގެ އަގު ވަޒަންކުރުން ކަން ސާބިތުވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގެ މީހުންނަކީ ވެސް އެމީހުންގެ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެހެންމީހުން އަދި ސަރުކާރުން ކުރާ ކަންކަން ބަލައިގަންނަ ބަޔަކަށް ވާން ވާނެއެވެ.
ޚިޔާލުތައް