A wide advertisement which will be shown on all devices. (700 x 100)

އެތެރޭގެ މަގުތައް ހަދަމުންދާއިރު ކޭބަލް އެޅުމަށް އެމްޓީޅުސީސީއިން ހުއްދަ ހޯދަންޖެހޭ ގޮތަށް ނިންމައިފި

ފުވައްމުލައް ސިޓީ ކައުންސިލްގެ ނިންމުން ތައް 2022

ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހަދަމުންދާއިރު އެކި ބޭނުންތަކުގައި އެމަގުތަކުގައި ކޭބަލް އެޅުމަށް އެމްޓީސީސީއިން ހުއްދަ ހޯދަންޖެހޭ ގޮތަށް ފުވައްމުލައް ސިޓީ ކައުންސިލްގެ މިދައުރުގެ 70 ވަނަ ޖަލްސާއިން ފާސްކޮށްފިއެވެ.

މި އޮކްޓޯބަރު މަހު 13 ވަނަ ދުވަހު މެންދުރު 1:00ގައި ސިޓީ ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބައްދަލުވުމަށް ސިޓީ ކައުންސިލްގެ އިންފްރާސްޓްރަކްޗާ ސެކްޝަނުން ހުށަހަޅާފައިވާ ފުވައްމުލައް ސިޓީގައި ރަނގަޅު ފެންވަރަކަށް ހަދާފައިވާ މަގުތަކުގައި އެކި ބޭނުންތަކަށް ކޭބަލް އެޅުމުގެ އުސޫލާއި މެދު ގޮތެއް ނިންމުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވީ ސިޓީ ކައުންސިލް 4 މެމްބަރުންނެވެ. އަދި އެބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓި ފަރާތެއް އާއްމުކޮށްފައިވާ ނިންމުމުގައި ހާމަކޮށްފައެއް ނުވެއެވެ.

މި ރިޕޯޓަށް ކައުންސިލާ އަބްދުﷲ ނާސިރު ހުށަހަޅައި ކައުންސިލާ މުހައްމަދު އިސްމާއީލު ތާއިދުކޮށް އެއިގެ އިތުރުން ކައުންސިލާ އާއިޝަތު އަބްދުލް ގާދިރާއި ކައުންސިލާ އާމިނަތު އިނާޔާގެ ވޯޓާއެކު ޖުމުލަ 3 މެމްބަރުންގެ ވޯޓުން ފާސްކުރީ ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހަދާ ނިމި، މަގުތައް ސިޓީ ކައުންސިލާއި ހަވާލު ކުރަންދެން، މަގުގައި ކޭބަލް އެޅުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް އެމްޓީސީސީއިން ހުއްދަ ހޯދަން ޖެހޭ ގޮތަށެވެ.

އަދި އެ ނިންމުމަށް ހަމަ އެދުވަހުން ފެށިގެން އަމަލުކުރުން ވެސް އެޖަލްސާގައި ނިންމާފައި ވެއެވެ.

މި ޖަލްސާގައި ބައިވެރިވެފައި ވަނީ ސިޓީ ކައުންސިލްގައި ހިމެނޭ ޖުމުލަ 7 މެމްބަރުންގެ ތެރެއިން 4 ކައުންސިލްރުންނެވެ.

ފުވަައްމުލައ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ 70 ވަނަ ޖަލްސާގެ ނިންމުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !