ފުވައްމުލައް ސިޓީ ކައުންސިލާއި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ އާއިއެކު ލެބޯރަޓަރީ ގާއިމުކުރުމުގެ ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ކުރުނދުމާ މާލަމުގައި މިއަދު(28 ޑިސެންބަރު 2022 ވީ ބުދަދުވަހު) ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ދެ އެއްބަސްވުމުގައި ވެސް އެގްރިކަލްޗާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ ޑރ. ހުސައިން ރަޝީދު ހަސަން އެވެ. ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔާ އިސްމާޢީލް ރަފީގު އެވެ.
ފުރަތމަ އެއްބަސްވުމަކީ ފުވައްމުލައް ސިޓިގައި އެގްރިކަލްޗާ ލެބޯޓަރީއެއް ގާއިމުކުރުމުގެ އެއްބަސްވުމެކެވެ. އަދި ދެވަނ އެއްބަސްވުމަކީ އެލެބޯރަޓާރީ އިމާރާތް ކުރަން ބިމެއް ދިނުމުގެ އެއްބަސްވުމެކެވެ.
އެގޮތުން އެގްރިކަލްޗާ ލެބޯޓަރީ ފެސިލިޓީގެ އިމާރާތް ގާއިމުކުރަން 27000 (ހަތާވީސްހާސް) އަކަފޫޓުގެ ބިމެއް އެގްރިކަލްޗާ މިނިސްޓްރީ އާއި މިއަދު ވަނީ ހަވާލުކޮށްފައެވެ. އެބިން ހަމަޖައްސާފައި ވަނީ ފުވައްމުލަކުގައި ހުންނަ އެގްރޯމޯލްޑިވްސް ކަލެކްޝަން ސެންޓަރާއި އިންވެގެން އޮތް ބިމެވެ.
އެގްރިކަލްޗާ ލެބޯޓަރީ ފެސިލިޓިއެއް ގާއިމު ކުރުމަކީ ދިވެހިރާއްޖޭގައި މުޅިން އަލަށް ކުރެވޭ މަސައްކަތެކެވެ. މިލެބޯޓަރީ ފެސިލިޓީގައި ތަފާތު 4 ކަމަކަށް 4 ލެބެއް ގާއިމުކުރެވިގެން ދާނެއެވެ. މިލެބްތަކުގައި ރާއްޖޭގައި ހެދޭ ގަސްގަހާ ގެއްސަށް ޖެހޭ އެކިއެކި ބަލިތައް ދެނެގަނެ އެބަލިތަކަށް ފަރުވާ ހޯދުމާއި މުޑުވައްކުރުމުގެ އާގޮތްތައް ހޯދުމުގެ މަސައްކަތް ކުރެވިގެން ދާނެއެވެ.
ޚިޔާލުތައް