‘ރަން ތާޖު’ ގުރުއާން މުބާރާތުގެ ފުވައްމުލައް ސިޓީ އޯޑިޝަން މި ޖެނުއަރީ 17ގައި ބާއްވާގޮތަށް މުބާރާތުގެ މައުލޫމާތު އާއްމުކޮށް ފިއެވެ.
މުބާރާތުގެ އޯޑިޝަން ބުރު ފަށަނީ މި މަހު 15 ގައި އައްޑޫ ސީޓީ އިންނެވެ. އެއިގެ ފަހުން 17 ޖެނުއަރީގައި ފުވައްމުލައް ސިޓީ، ދެން 20 ޖެނުއަރީގައި ގދ.ތިނަދޫގައެވެ. އަތޮޅުތަކުން އެންމެ ފަހުން 12 ފެބްރުއަރީގައި ކުޅުދުއްފުށި ސިޓީ އަށްފަހު މާލޭގައި އޯޑިޝަން ބާއްވަނީ 15 ފެބްރުއަރީގައެވެ. މުބާރާތުގެ އޯޑިޝަން އެއްމަހަށް ދެމިގެން ދެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 450 ނަމްބަރަށް އެސްއެސްއެއް ފޮނުވަން ޖެހެއެވެ. އެ އެސްއެމްއެސްގައި އާރުޓީ ކޯޑު ޖަހާފައި ފުރިހަމަ ނަމާއި، އުމުރު، އައިޑީކާޑު ނަމްބަރު އަދި އޯޑިޝަން ގައި ބައިވެރިވާން އެދޭ ރަށް ހިމަނަންޖެހެއެވެ.
RT_FullName_Age_IdNo._Island-for-Audition: send to 450
ބައިވެރިވުމުގެ މުއްދަތަކީ 2 ޖެނުއަރީ އިން 10 ޖެނުއރީ 2023 އަށެވެ. މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައި ވެއެވެ.
މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާ
މެންޓް އާއި ރާއްޖެ ޓީވީ ގުޅިގެން މިއަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ފައިނަލް ބުރު ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ މުބާރާތެކެވެ.
މިމުބާރާތް ހުޅުވާލާފައި ވަނީ 16-45 އަހަރާއި ދެމެދުގެ ދިވެހިންނަށެވެ.
މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔުމާއި (ޚަތިމް ނުބަލައި ކިޔެވުމާއި)، ސޫރަތުއް ޟުހާއިން ފެށިެގން ތިރީ ސޫރަތްތަކުގެ މާނަ ކިޔައި ދިނުމާއި، ތަޖުވާީދުގެ ބަޔާއި އުލޫމުލް ގުރުއާން އަދި އަސްހާނުއްނުޒޫލްގެ ބައިތައް ހިމެނޭ ކަމަށް އިއުލާން ކޮށްފައި ވެއެވެ.
ބަލައިގެން މުޅި ގުރުއާން ކިޔެވުމާއި ހިތުން ކިޔުމަށް 29 އަދި 30 ވަނަ ފޮތް ހިމަނާފައި ވެއެވެ.
ޚިޔާލުތައް