ފުވައްމުލައް ސިޓީގައި މިހާރު ކުރިޔަށްދާ އިންޓަ ސްކޫލް އެތުލެޓިކްސް މީޓް 2023 ގައި ފުވައްމުލައް ސިޓީގެ ސްކޫލްތަކުން އަންނަނީ ގިނަ އިވެންޓް ތަކުގައި ކުރި ހޯދަމުންނެވެ.
އެގޮތުން 19 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިގެ 7 އިވެންޓްގެ ނަތީޖާއިން ވެސް އެމްޖޭއެސް އުޅެނީ 63 ޕޮއިންޓާއެކު އެންމެ ކުރީގައެވެ. ދެވަނާގައި އައްޑޫ ހައި ސްކޫލް އޮތީ61 ޕޮއިންޓާއެކު އެވެ. އަދި ޏ.އޭއީސީއަށް 3 ވަނަ ލިބެނީ 33 ޕޮއިންޓުންނެވެ.
17 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 5 އިވެންޓްގެ ނަތީޖާއިން 1 ވަނަ ލިބެނީ އައްޑޫ ޝަރަފުއްދީން ސްކޫލަށެވެ. ދެވަނަ އެމްޖޭއެސް އަދި 3 ވަނަ ލިބެނީ ޏ.އޭއީސީ އަށެވެ.
17 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ބައިން 4 އިވެންޓްގެ ނަތީޖާއިން 1 ވަނަ ޏ.އޭއީސީއަށް ލިބޭ އިރު ދެވަނަ އެމްޖޭއެސް އަދި 3 ވަނަ ހާފިޒު އަހުމަދު ސްކޫލަށް (ހޭޒް) ލިބެއެވެ.
15 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައި 6 އިވެންޓް އަދި 5 އިވެންޓުގެ ނަތީޖާއިން ވެސް 1 ވަނަ ލިބެނީ އެމްޖޭއެސް އަށް ލިބޭ އިރު ފިރިހެން ކުދިންގެ 2 ވަނަ ޏ.އޭއީސީ އަދި 3 ވަނަ ހޭޒް އަށެވެ. އަންހެން ކުދިންގެ ބައިން 2 ވަނަ ހޭޒް އަދި 3 ވަނަ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލަށެވެ.
މި އެތުލެޓިކްސް މީޓްގައި 6 މީޓް ރެކޯޑް ހާދާފައި ވާއިރު 1 ގައުމީ ރެކޯޑުވެސް ހަދާފައި ވެއެވެ.
ގައުމީ ރެކޯޑް – އައިޝަތު ޝައިމް އައްޑޫ ހައިސްކޫލް-19، އަހަރުން ދަށުގެ އަންހެން ހައިޖަމްޕް(އުސްފުންމުން) 1.50 މީޓަރު.
މީޓް ރެކޯޑް – އިބްރާހިމް ނާހިލް –ގދ. އޭއީސީ، 19 އަހަރުން ދަށުގެ ފިރިހެން 100 މީޓަރު ދުވުން. 11.69 ސިކުންތު.
މީޓް ރެކޯޑް – ހައްވާ މުޒުނާ –ޝަރަފުއްދީން ސްކޫލް، 19 އަހަރުން ދަށުގެ އަންހެން 100 މީޓަރު ދުވުން. 12.88 ސިކުންތު.
މީޓް ރެކޯޑް – ފާތިމަތު ފާރިހާ –އަމީނިއްޔާ ސްކޫލް، 15 އަހަރުން ދަށުގެ އަންހެން ޑިސްކަސް ތުރޯ، 23.01މީޓަރު.
މީޓް ރެކޯޑް – އާއިޝަތު ޝާޔާ –ތާޖުއްދީން ސްކޫލް، 17 އަހަރުން ދަށުގެ އަންހެން ޝޮޓްޕުޓް،10.03 މީޓަރު.
މީޓް ރެކޯޑް – މުހައްމަދު އާއިން –ގދ.އޭއީސީ، 19 އަހަރުން ދަށުގެ އަންހެން ޝޮޓްޕުޓް،9.76މީޓަރު.
މީޓް ރެކޯޑް – ހުސައިން އުޒެއިން އަލީ –އެމްޖޭއެސް، 19 އަހަރުން ދަށުގެ ފިރިހެން ޑިސްކަސް ތުރޯ 28.92މީޓަރު.
މި ފެބުރުއަރީ މަހު 4-10 އަށް ކުރިޔަށްގެން
ދާ މިމުބާރާތުގައި ރާއްޖޭގެ 33 ސްކޫލަކުން 810 އެތުލީޓުން ވާދަކުރާނެއެވެ. މީގެ ތެރޭގައި ރަށުން ބޭރުން އަންނަ 490 އެތުލީޓުން ހިމެނެއެވެ.
ޚިޔާލުތައް