A wide advertisement which will be shown on all devices. (700 x 100)

ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2023 ގެ ޒޯން 7 ގެ ޗެމްޕިއަންކަން ދަޑިމަގު ހޯދައިފި

ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓުސަލް ޗެލެންޖް 2023، ޒޯން 7 ގެޗެމްޕިއަން ދަޑިމަގު ސރ.

ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖް 2023 ގެ ޒޯން 7 ގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އެންޑް ރިކްރިއެޝަނުން ހޯދައިފިއެވެ.

މިރޭ މިރޭ ހުޅުމާލެ ރެހެންދި ފުޓްސަލަ ކޯޓް 2 ގައި ކުޅެވުނު ޒޯން 7ގެ ފައިނަލް މެޗުގެ ދެވަނަ ލެގް ގައި ދަޑިމަގު ސްޕޯޓްސް އެންޑް ރިކްރިއެޝަން ޓީމާއި ވާދަކުރީ އައްޑޫ ސިޓީ ޗެމްޕިއަން ފޭދޫ ޓީމެވެ. މިމެޗު 4-3 އިން ކާމިޔާބުކޮށް ދެ ލެގުގެ އެގްރިގޭޓް 7-4 އިން މޮޅުވެ ޒޯން 7 ގެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އެންޑް ރިކްރިއެޝަން ޓީމުން މިވަނީ ހޯދާފައެވެ.

ޒޯން 7 ގެ އެންމު މޮޅު ކުޅުންތެރިޔާ. ސާދު ނިޒާރު

ފައިނަލްގެ ދެވަނަ ލެގުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މުހައްމަދު ސާދު ނިޒާރު ދަޑިމަގު ސރ. އެވެ. ޒޯން 7 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޒޯން ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ވެސް ސާދު ނިޒާރުއެވެ.

ޒޯން 7ގެ ފުރަތަމަ ލެގު:

އައްޑޫ އާއި ފުވައްމުލައް ހިމެނޭ ޒޯން 7 އިން ފައިނަލުގައި ވާދަކުރި މި ދެ ޓީމުގެ ފުރަތަމަ ލެގުގެ މެޗު ފެބްރުއަރީ މަހު 27 ގައި ނިމިގެން ދިޔައީ 3-1 އިން ދަޑިމަގު ސރ. ޓީމު މޮޅުވެގެންނެއެވެ. ވުމާއިއެކު ފައިނަލުގެ ދެ ލެގް ވެސް ކާމިޔާބުކޮށްފައި މިވަނީ ދަޑިމަގު ސރ. ގެ ޓީމުންނެވެ.

ފައިނަލްގެ ފުރަތަމަ ލެގުގެ މޮޅު ކުޅުންތެރިޔާ ޔަތޫފު-ޖ.16- ދަޑިަމގު ސރ.

ފައިނަލްގެ ފުރަތަމަ ލެގްގެ މޮޅު ކުރުންތެރިއަކަށް ހޮވިފައި ވަނީ ޖާޒީ ނަމްބަރު 16 މުހައްމަދު ޔަތޫފު އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން އެއްޓީމު ވާދަކުރާ މިމުބާރާތުގައި 102 ޓީމުން ބައިވެރިވެފައި ވެއެވެ. ނަމަވެސް ފުވައްމުލައް ސިޓީ އާއި އިމާލޭގެ ކޮންމެ އަވަށަކުން ޓީމެއް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވެއެވެ. މި މުބާރާތުގައި ފުވައްމުލައް ސިޓީއިން ވާދަކުރީ ދަޑިމަގު ސރ. ޓީމުއެކަންޏެވެ.

ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޓީމު

މުޅި ރާއްޖެ 8 ޒޯނަކަށް ބަހާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގައި ޒޯންތަކުގެ ފައިނަލް މެޗުތައް ކުޅެ ނިމުމުން ދެން އޮންނާނީ މުބާރާތުގެ ގަދަ 16ގެ ބުރެވެ. މިބުރުގައި ކުޅޭނީ ކޮންމެ ޒޯނެއްގެ ޗެމްޕިއަނުންނާއި ރަނާރަޕް ޓީމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !