އަންނަ މާރޗު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި ފުވައްމުލަކު އުތުރު ދާއިރާއިން އެމްޑީޕީން ވާދަކުރާނެ ކެންޑިިޑޭޓަކާއި މެދު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް އެދާއިރާއަށް އެމްޑީޕީން ވާދަކުރާ މުހައްމަދު ރަޝީދު (ދޮންބެ) ބުނެފިއެވެ.
ދޮންބެ މިހެން ބުނީ މިދާއިރާއިން ވެސް އެމްޑީޕީީ ޕްރައިމަރީއެއް ބާއްވާނެކަމަށް ބެލެވިފައި ވަނިކޮށެވެ. ދޮންބެ ގެ އިތުރުން އިސްމާއީލުު ރަފީގު މިދާއިރާއަށް ވާދަކުރައްވާން އުޅުއްވި ކަމުގެ ޚަބަރުތަކެއް ސޯޝަލް މީޑިއާގައި ދައުރު ވަމުން ދިޔައެވެ.
ނަމަވެސް ދޮޮންބެ މައުލޫމާތު ދިން ގޮތުގައި އެމްީޕީން ފުވައްމުލަކު އުތުރު ދާއިރާއަށް ކުރިމަތިލުމުގެ ޝައުގުވެރިކަން އެކިގޮތްގޮތުން ފާޅުކުރި ފަރާތްތަކުގެ މެދުގައި ވާހަކަ ދެކެވި އެއްބަސްވުމަކަށް އާދެވި، އެދާއިރާއިން ކުރިމަތިލާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި ވަނީ ހަމައެކަނި އޭނާ ކަމަށެވެ. ވުމާއެކު އެދާއިރާގެ އެމްޑީޕީ މަޖުލިސް ޕްރައިމަރީއެއް މިފަހަރު ނޯންނާނެ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މި މަހު 7 (ޑިސެމްބަރު 2018) ގައި ހުޅުވާލާފާއި ވާއިރު، މިފުރުސަތު ބަންދު ވާނީ އަންނަ ހަފުތާގެ ބަނދު ދުވަހު (19 ޑިސެމްބަރު)ގެ ހަވީރު 4:00 އިންނެވެ. ވުމާއެކު އެމްޑީޕީ ޕްރައިމަރީއެއް އުތުރު ދާއިރާގައި ނެތްކަން ޔަގީން ކުރެވިގެން ދާނީ އެދުވަހުގެ ފަހުންނެވެ.
އުތުރު ދާއިރާގެ ޕްރައިމަރީ އެއް ނުބޭއްވިޔަސް އަނެއް ދެ ދާއިރާގެ ޕްރައިމަރީ ފޯރި ވަރަށް ގަދަ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މެދު ދާއިރާގައި 3 ކެންޑިޑޭޓަކު އެމްޑީޕީ ޓިކެޓަށް ވާދަކުރުމަށް ތައްޔާރުވަމުން އާދެއެވެ. އެއީ
މުހައްމަދު މުސްތަފާ، ކިނާރީގޭ – މިސްކިތްމަގު
އާތިޔާ ނަސީރު، ހަޒާރުމާގެ – މާދަޑު
ހުސޭން މުހައްމަދު، ހުނުބޮލި – މާލެގަން
ދެކުނު ދާއިރާއިން 4 ކެންޑިޑެޓަކު އެމްޑީޕީ ވާދަކުރާނެ ކަމަށް ވެއެވެ. އެއީ
އުމަރުު އަބްދުﷲ، އުފާ – ފުނާޑު
އަޙުމަދު މައުރޫފު، ފަޅަގަނޑިގެ – ފުނާޑު
މުމްތާޒު އަބްދުﷲ – ދޫނޑިގަން
އަޙުމަދު އިސާމު، ދިވިލި – ދޫނޑިގަން
ޚިޔާލުތައް