މިއަދު އިފުތިތާޙު ކުރެވުނު ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ އަކަށް އުތުރު ދާއިރާއިން އިންތިޚާބުވި އާސިފާ އިބްރާހިމް ހޮވައިފިއެވެ. އަދި ނާއިބު ރައީސާ އަކަށް ހޮވުނީ މަރިޔަމް ހަސީނާއެވެ. މަރިޔަމް ހަސީނާ އަކީ މި ކޮމެޓީއަށް ދެކުނު ދާއިރާއިން ހޮވިފައިވާ މެމްބަރެވެ. ދެން މިކޮމެޓިގާއި ހިމެނެނީ މެދު ދާއިރާއިން އިންތިޚާބުވި މަރިޔަމް ހަސަން ދީދީ އެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ 3 މެންބަރުންނާއި އތމ ކޮމެޓީގެ 3 މެންބަރުން
ފުވައްމުލައް ސިޓީ އަންހެނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 3 ވަނަ ދައުރުގެ އިފްތިތާހީ ޖަލްސާ މިއަދު ވަނީ ސިޓީ ކައުންސިލްގެ ކުރުނދުމާ މާލަމުގައި ބޭއްވާފައެވެ. މިޖަލްސާގައި އަންހެނުގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓުން ވެސް ބައިވެރިވެފައި ވެއެވެ. ސިޓީ ކައުންސިލްގެ މޭޔަރ ޝަރަފުވެރިކޮށްދެއްވި މިޖަލްސާގައި ސިޓީ ކައުންސިލް ގެ 3 މެންބަރުނާއި ސިޓީ ކައުންސިލުގެ އިސް ވެރިން ބައިވެރިވެ ވަޑައިގަތެވެ.
ރައީސާއި ނާއިބު ރައީސް ހޮވުމުގެ ވޯޓު ލުން އޮތީ އިފްތިތާހީ ޖަލްސާއަށްފަހު އަތޮޅު ކައުންސިލްގެ މީޓިންގ ރޫމްގައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ 3 ވަނަ ދައުރުގެ އިފްތިތާހީ ޖަލްސާ
މިއީ ކުރިޔަށް އޮތް 3 އަހަރުދުވަހުގެ މުއްދަތަށް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުން ހަރަކާތްތެރިވުމަށް އިންތިހާބުކުރެވުނު ކޮމެޓީއެކެވެ.
ޚިޔާލުތައް