ބޮޑުު ދޯންޖެއްގައި ކުނިތަކެއް ގެނެސް ފުވައްމުލަކަށް ބާލާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. މިއަދު ހެނދުނު ފުވައްމުލަކު ބަނދަރުން ކުނިތަކެއް ލޮރީއަށް ބާލާތަން ދައްކައިދޭ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ވަނީ ފަށާފއެވެ. މިއީ ސީދާ ކޮން ތަނަކުން ގެނެސްގެން އުޅޭ ކުނިތަކެއް ކަމެއް އެގޭ ގޮތެއް ނުވިއެވެ.
ނަމަވެސް ކުނިތައް ގެނެސްގެން އުޅޭ ދޯނީގައި ހަރަކާތްތެރިވާ ބަންގާޅު މީހުން ބުނަނީ އަލީ ބޮސް ބުނެގެން ގެނައި އެއްޗެހިކަމަށެވެ. އެއީ ކޮން އަލީ ބޮސް އެއްކަމެއް އެގޭގޮތެއް ނުވިއެވެ.
ކުނިތައް ފުވައްމުލަކަށް ބާލާތީ ކަންބޮޑު ވުން ފާޅުކުރަމުން އެކަކު ބުނެފައިޗވަނީ މިއީ ރިޒޯރޓްތައް ސާފުކުރުމަށް ކޮންޓްރެކްޓަށް މަސައްކަތް ނަގައިގެން އުޅޭ ފަރާތަކުން ކުރާ ކަމެއް ކަމަށެވެ. ކުނި ރިޒޯރޓުން ބޭރުކުރުމުން އެމީހުންނަށް ފައިސާ ލިބޭތީ އެމީހުންގެ އިތުރު ކަންބޮޑުވުމެއް ނެތް ކަމަށެވެ.
ފުވައްމުލަކަށް ކުނި ގެނައުމާއި ދެކޮޅަށް އަޑުއުފުލަމުން ކުރީގެ ދިގުވާނޑު ކައުންސިލަރ ހަސަން މުތީއު ބުނެފައި ވަނީ “މިރަށި ކުނި ކެޑައް ނޭތީގެން ދޯނި ދޯނިއެ ފުރާ ކުނި މިގިނެނީ!؟” އޭނާ ގެ ކަންބޮޑުވުން ފާޅުކުރިއެވެ.

މިއަދު ހެނދުނު ފުވައްމުކަށް ކުނި ބާލަނީ – ކަންބޮޑުވާ މައްސަލައެއް
ފުވައްމުލަކުގައި އުފެދޭ ކުނިވެސް މެނޭޖު ނުކުރެވި ބޮޑު ސަރަހައްދެއްގައި ކުނި ޖަމާވެފައި ހުންނަތާ އެއްތައް ދުވަހެއްވަނީ ވެފައެވެ. އެކުނިތަކުން ސަލާމަތް ނުވެވިގެން އެކަމުގެ ކަންބޮޑުވުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ދާދި ފަހުން ޓީވީގައި ވެސް ވަނީ ފާޅުކޮށްފައެވެ.
މީގެ ކުރިން ވެސް ކުނި ގެނެސްފައިވާ ކަމަށާއި މިއީ ދެވަނަ ފަހަރު ކަމަށާއި އަދި މިފަހަރު ގެނައި ކުނީގައި 6 ޓަނުވަރު ހުންނާނެ ކަމަށް ހަސަން މުތީއު ބުނެއެވެ.
މިއީ ފުވައްމުލަކުގެ ވިޔަފާރި ވަރިއަކު ކުރުވާ ކަމެއް ކަމަށް މައުލޫމާތު ލިބޭ ކަމަށާއި އެފަދަ ފަރާތްތަކުގެ ވިޔަފާރި ބޯއިކޮޓް ކުރަން ޖެހޭކަމަށް އޭނާ ބުނެފައި ވެއެވެ.
މިގޮތަށް ގެންނަ ކުނި ދުވަސްކޮޅެއް ވަންދެން މީހެއްގެ ގޯތީގައި ބެހެއްޓުމަށްފަހު އެންމެ ފަހުން ގޮސް ނީމޭނީ އެއްކަލަ ފުވައްމުލަކު ކުނި ގޮޑުގެ ފަރުބަދައަށް ކަމަށް ހަސަން މުތީއު ބުންޏެވެ.
ނަފާ ހޯދުމަށް މިނޫން އެހެން ގޮތެއް ވިޔަފާރިވެރިން ވެސް ހޯދަން ޖެހޭކަމަށް އެހެން މީަކު ބުނެއެވެ.
ސިޓީ ކައުންސިލުން މިކަން ނުހުއްޓުވައިފިނަމަ ރައްޔިތުން ނުކުމެގެން ވެސް މިކަން ހުއްޓުވަން ޖެހޭކަމަށް އަންހަނަކު ބުނެފައި ވެއެވެ.

މިއަދު ހެނދުނު ފުވައްމުކަށް ކުނި ބާލަނީ – ކަންބޮޑުވާ މައްސަލައެއް
ޚިޔާލުތައް
ތީގާއިން ދެހެއި ދޭތެރެހީށި މީހެއު.?