A wide advertisement which will be shown on all devices. (700 x 100)

ކުރިން ހައުސިންގ ދަށުގައި ހުރި މަގުހަދާ ޔުނިޓް ސިޓީ ކައުންސިލްގެ ދަށަށް

ކުރިން ޓްރާްނސްޕޯރޓް އޮތޯރިޓީގެ ދަށުން ހިނގަމުން އައި މަސައްކަތްތައް ވެސް ވަނީ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރެވިފައި

ކުރިން ހައުސިންގ މިނިސްޓްރީގެ ދަށުން ފުވައްމުލަކުގައި ހިންގި ޕަބްލިިކް ވޯރކްސްގެ ރީޖަނަލް ޔުނިޓް ފުވައްމުލައް ސިޓީ ކައުން ކައުންސިލްގެ ދަށަށް ބަދަލުކުރުމުގެ ރަސްމީ އެއްބަސްވުން މިރޭ ގާއިމުކޮށްފިއެވެ. ކުރިން ހައުސިން މިނިނސްތްރީން ހިންގި ޕްލޭނިން އެމަސައްކަތްތައް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަމުގައި މިނިނސްޓރީއެއް އުފައްދަވައި އެމިނިނސްޓރޫީގެ ދަށަށް ބަދަލުކުރައްވާފައެވެ.

މިރޭގެ އެއްބަސް ވުން ގާއިމު ކުރެވުނީ ފުވައްމުލައް ސިޓީ ކައުންސިލާއި ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި ދެމެދުއެވެ. ފުވައްމުލައް ސިޓީގެ އިތުރުން 11 ކައުންސިލަކާއެކު މިރޭވަނީ އެއްބަސް ވުން ގާއިމުކޮށް ފައެވެ.

މިރޭ ރަސްމީ ސިފައެއްގައި އެޔުނިޓްތަކުގެ މަސައްކަތް ސިޓީ ކައުންސިލާއި ހަވާލުވި ކަމުގައި ވިޔަސް މީގެ ކުރިން ވަނީ ޕަބްލިކް ވޯރކްސް ޔުނިޓްތަކުގައި މަސައްކަތް ކުރި މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކޮށް މަސައްކަތްތައް ވެސް ކުރަން ފަށާފައެވެ.
ކުރިން އެ ޔުނިޓްތަކުން ފަށާފައި ނުނިމި ހުރި މަސައްކަތްތައް ދެން ކުރަމުންދާނީ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. އަދި އަލަށް ކުރަން ޖެހެ ޕަބްލިކް ވޯކްސް ގެ މަސައްކަތްތައް ވެސް ދެން ކުރަމުންދާނީ ސީދާ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

މިއީ ލާމަރުކަޒީ އުސޫލުން ކައުންސިލްތައް ބާރުވެރިކުރުވައި، އިދާރީ ދާއިރާތައް ހިންގުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ރެއިން، ކުރިޔަށްގެންދާ މުހިންމު ހަރަކާތެއް ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ.

މީ ޕްލިކް ސާވިސްގެ ޚދުމަތްތައް ރައްޔިތުންނާއި ވީހާވެސް ގާތުން ދިނުމުގެ ގޮތުން ގެނވުނު ބަދަލެއް ކަމަށް އަކްރަމް ކަމާލުއްދީނު ވިދާޅުވިއެވެ.

މިރޭ އެއްބަސްވުމުގައި ސޮއި ކުރި 11 އަތޮޅުގެ ކައުންސިލާއި  ޕްލޭނިންގ މިނިސްޓްރީން ވަނީ ބައްދަލުކޮށް ޕަބްލިކް ވޯރކްސްގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭ ގޮތުގެ މަޝްވަރާ ވަނީ ކުރައްވާފައެވެ.

މީގެ ކުރިން ވަނީ ކުރިން ޓްރާންސްޕޯރޓް އޮތޯރިޓީން ފުވައްމުލައް ސިޓީގައި ދެމުން އައި ޚިދުމަތްތައް ވެސް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކޮށްފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !