ރައްކާތެރިކަމާއި އިނާޔަތްތައް ފޯރުކޮށްދޭން ތާއީދުކުރަނީ ދައުރު ފުރިހަމަ ކުރާ ނާއިބު ރައީސުންނަށް ކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ވިދާޅުވެއްޖެއެވެ. ދޮންބެ މިހެން ވިދާޅުވީ ނާއިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ދޭންޖެހޭ ރައްކާތެރިކަމާއި އިނާޔަތާއި ބެހޭގޮތުން މަޖިލިސް އަށް ހުށަހެޅިފައިވާ ބިލުގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދޮންބެ އިތުރަށް ވިދާޅުވީ މިހާރު މިބިލު އޮތްގޮތަށް ފާސްކޮށްފިނަމަ އެވާނީ ކަރަޕްޝަނުގެ ބޮޑެތި ޖަރީމާ ހިންގާ ފަރާތްތަކަށް ދެވޭ ހަދިޔާއެއް ކަމަށެވެ.
އަދި ހަމައެއާއިއެކު ނާއިބު ރައީސުންނަށް ރައްކާތެރިކަމާއި އިނާޔަތްތައް ފޯރުކޮށްދިނުމަށް ތާއީދުކުރާ ކަމަށްވެސް ދޮންބެ ވިދާޅުވިއެވެ. ސަބަބަކީ ފަޑިޔާރުންނަށާއި މަޖިލިސް މެންބަރުންނަށް މިހާރުވެސް ރައްކާތެރިކަމާއި އިނާޔަތް ފޯރުކޮށްދިނުމަށް ވަނީ ގާނޫނުތަކެއް ފާސްކޮށްފައެވެ.
މިބިލަކީ ފާއިތުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބިލެކެވެ. ނަމަވެސް މިބިލު ތަޝްދީދު ނުކުރައްވައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަބުރާ ފޮނުވާލުމުގެ ސަބަބުން އެބިލަށް މިހާރުދަނީ ބަހުސުކުރެވެމުންނެވެ.
ޚިޔާލުތައް