A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީގައި ކުނި އަންދާނެ އިންސިނަރޭޓަރ ބެހެއްޓުމުގެ އެއްބަސްވުުމުގައި ސޮއިކޮށްފި

ކުނި އަންދާ އިންސިނަރޭޓަރު ފުވައްމުލަކަށް ކެނައުމުގެ އެއްބަސްވުމުަގއި ސޮއިކުރުން، މިއަދު

ފުވައްމުލައް ސިޓީގެ ކުނި އަންދާނެ އިންސިނެރޭޓަރެއް ބެހެއްޓުމުގެ މަސައްކަތް މެކްސްޓާ މޯލްޑިވްސް އާއި ހަވާލުކުރުމުގެ އެއްބަސްވުމެއް އެންވަޔަރަމެންޓް މިނިސްޓްރީ އިން މިއަދު ގާއިމުކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ފުވައްމުލައް ސިޓީގެ ކުނި މެނޭޖުކުރާ ސެންޓަރަށް ޖަމާކުރެވޭ ކުނި އެންދުމުގެ މަސައްކަތަށް މި އިންސިނަރޭޓަރ ބޭނުން ކުރެވޭނެއެވެ. މި އިންސިނަރޭޓަރުގައި ދުވާލަކަށް 4 ޓަނުގެ ކުނި އަންދާލެވޭނެ އެވެ. މިއީ 2.4 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައި ވަނީ 4 މަސްދުވަހުގެ މުއްދަތެކެވެ.

ތިމާވެއްޓާއި ބެހޭ މިނިސްޓރީގައި ބޭއްވި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި މެކްސްޓާ މޯލްޑިވްސް ގެފަރާތުން ސޮއި ކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު އިބްރާހިމްއެވެ. މި ރަސްމިއްޔާތަގައި ފުވައްމުލައް ސިޓީގެ ޑެޕިއުޓީ މޭޔަރ މުހައްމަދު ޟިރާރު ވެސް ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

މިއީ ކުނި މެނޭޖކުރުުމުގައި ދަތިއް ހުރި 3 ރަށަކަށް ފޮނުވާ އިންސިނަރެޓަރުތަކެއް ކަމަށާއި، މިއިން ކޮންމެ އިންސިނަރޭޓަރަކުން ދުވާލަކަށް 4 ޓަނުގެ ކުނި ރައްކާތެރިކަމާއެކު އަންދ،ާ ދެމެހެއްޓެނިވި ގޮތެއްގައި ކުނި ނައްތާލުމުގައި މި ނިޒާމު ހިންގޭނެ ކަމަށް މިނިސްޓަރ ހުސޭން ރަޝީދު ވިދާޅުވެފައިވެއެވެ. މި ތިން މަޝްރޫއަށް ޖުމްލަ 6.43 މިލިއަން ރުފިޔާ ދައުލަތުން ހޭދަކުރާނެ އެވެ.

ފުވައްމުލައް ސިޓީގެ ކުނި މެނޭޖުކުރާ ސެންޓަރަށް ޖަމާކުރެވޭ ކުނި މެނޭޖުކުރުމުގައި ވަނީ އިންތިހާއަށް ދަތިވެފައެވެ. ކުރިން މާލޭގައި ހެދޭފަދަ ބޮޑު ކުނީގެ ފަރުބަދަތަކެއް ފުވައްމުލަކުގައި ވެސް ވަނީ ހެދިފައެވެ. އެކުނިން މިންޖުވާނެ ގޮތެއް ހޯދުން ވެފައިވަނީ ބޮޑު ތަކުލީފަކަށެވެ.

މި އަދުގެ ރަސްމިއްޔާތުގައި ރާއްޖެ އަށް ދިމާވެފައިވާ ކުނީގެ މައްސަލަ ބޮޑު ކަމަށާއި އަދި މިނިސްޓްރީން އަންނަނީ އެކަމަށް އެކަށީގެންވާ ހައްލު ހޯދަން މަސައްކަތްކުރަމުން ކަމަށް  މިނިސްޓަރު ވިދާޅުވި އެވެ. މީގެ ިއތުރުން ރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން ވެސް މަސައްކަތްކުރަމުން ކަމަށް ވިދާޅުވި އެވެ.

ފުވައްމުލައް ސިޓީ ކުނިއަންދާ އިންސިނަރޭޓަރު ބެހެއްޓުމުގެ އެއްބަސްވުން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !