ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒުގެ ޖިމްގައި އެއްފަހަރާ ބޭނުންކުރުމަށް ތައްޔާރުކުރެވިފައިވާ ޕްލާސްޓިކު ފުޅި ބޭނުންކުރުން މަނާކުރުމަށް ފުވައްމުލައް ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މިއި އެއްފަހަރާ ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް އެސިޓީ ކައުންސިލުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށް ހާމަކުރައްވައެވެ.
އެގޮތުން މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ މާރޗު މަހު 5 ވަނަ ދުވަހުން ކަމަށް ސިޓީ ކައުންސިލްގެ ހާމަކުރައްވަ އެވެ. އަދި ފުވައްމުލައް ސިޓީ އިޖުތިމާއީ މަރުކަޒުގެ ޖިމް ބޭނުންކުރާ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ވަނީ އިއްޔެ، 5 ފެބްރުއަރީ 2020 ގައި އާއްމުކޮށް އިއުލާންކޮށް ފައެވެ.
ފުވައްމުލައް ސިޓީ ކައުންސިލްގެ މިސިޔާސަތުގެ ދަށުން އެކައުންސިލްގެ ބައްދަލުވުންތަކުގައި ފެން އަޅަން ބޭނުންކުރަނީ މުޅިން ވެސް ރިޔޫޒަބްލް ބިއްލޫރި ފުޅިތަކެވެ.
ޚިޔާލުތައް