މިޙާރު ރާއްޖެއަށް ވެސް ކުރިމަތިވެގެން އުޅޭ ކޮވިޑް-19 އާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިސް މުވައްޒަފުން ހިލޭ ސާބަހަށް މަސައްކަތް ކުރަން ނިންމައިފި ކަމަށް ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މިއަދު ކައުންސިލްގެ އިސް މެނޭޖްމަންޓްގެ މުވައްޒަފުން މިގޮތަށް ނިންމާފައި ވަނީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ނިންމާފައި ވުމާއި ގުޅިގެންނެވެ. ސަރުކަރުގެ ނިންމުމުގަިއވާ ގޮތުން ދައުލަތުގެ އޮފީސްތައް 19 މާރިޗް އިން 26 އަށް ބަންދު ކުރުމަށް ނިންމާފައިވެއެވެ.
ސަރުކާރުގެ އެ ނިންމުމާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ބައެއް ޚިދުމަތްތައް ބޫރުއެރުމެއް ނެތި ފޯރުކޮށް ދިނުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލް ހާމަކުރެއެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި ގާއިމް ކޮށްފައިވާ ޓާސްކުފޯސް އިން ނިންމާ ކަންތައްތައް ތަންފީޒް ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި ހިލޭ ސާބަހަށް މަސައްކަތް ކޮށް ދިނުމުގެ ގޮތުން ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން އަންނަނީ ގިނަބަޔަކު މިކަމުގައި ބައިވެރިކުރުމަށް ގިނަ ގުނަ ބައްދަލުވުންތަކެއް ބާއްވައި ކަމާއިގުޅެ ޓާސްކްފޯހެއް އެކުލަވާލައި މަޝްވަރާކުރުމާއި އަމަލީ މަސައްކަތްތައް ކުރަމުންނެވެ.
އެގޮތުން ފުވައްމުލައްކުގެ ގެސްޓްހައުސް އޯނަރުންނާއި އެކު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބައްވާފައި ވެއެވެ.

ގެސްޓްހައުސް އޮވްނަރސް އާއި ސިޓީ ކައުންސިލުން ބައްދަލުކުރަނީ
ޚިޔާލުތައް