A wide advertisement which will be shown on all devices. (700 x 100)

އޮޅިގެން އެކަންޓުތަކަށް ފޮނުވުނު ޑޮލަރު އަބުރާ ހޯދައިފިކަމަށް ބީއެމްއެލްއިން ބުނެފި

ބޭންކް އޮފް މޯލްޑިވްސްއަށް ދިމާވި މައްސަލައަކާއި ގުޅިގެން ބައެއް އެކައުންޓުތަކަށް ޖަމާވާން ނުޖެހޭ ވަރަަށް ޑޮލަރު ޖަމާވި ކަމަށާއި އެ މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ނަގާފައިވާ ކަމަށް ބޭންކް އޮފް މޯލްޑީވްސް (ބީއެމްއެލް) އިން ބުނެފިއެވެ. އިއްޔެ ދިމާވި އެމައްސަލާގައި 77 ބިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދުތަކެއް ޖަވާވެފައިވާ ބައެއް އެކައުންޓްތަކަށް ޖަމާވެފައިވާއިރު އެދަދަކީ އެއައުންޓް ނަންބަރާއި އެއްވަރު އަދަދެކެވެ.

އެކަން ކުރިމަތިވުމާއިއެކު ބީއެމްއެލްގެ އިންޓާނެޓް ބޭންކިންގެ ޚިދުމަތް މެދުކަނޑާލެވުނެވެ. އެއަށްފަހު އެޚިދުމަތް އަލުން ދިނުމަށް އެތަށް ގަޑިއިރުތަކެއް ނެގިއެވެ. މިކަމާއި ގުޅިގެން މީސްމީޑިއާގައި ބޭންކަށް ގިނަ ފާޑުކިއުންތަކެއް އަމާޒުވިއެވެ. އެގޮތުން، މަކަލާއި ހީލަތުން ނުވަތަ އޮޅިގެން ޖަމާވާފައިސާ އަބުރާ އޭގެ ހައްގުވެރިންނަށް ނުދިނުމާއި އެކަމުގައި ބޭންކުން އެހީތެރިނުވުމުގެ ޝަކުވާ އަނެއްކާވެސް ގަދަވެގެންދިޔައެވެ.

“އެތައް ބައެއްގެ އެކައުންޓު ތަކުން މަކަރާއި ޙީލަތުން އޮޅުވާލައިގެންނާއި އެނޫން ގޮތްގޮތުން ފައިސާ ފޭރެމުންދާތާ އެތަކެއް ދުވަހެއް ވެއްޖެ، ބޭންކުން ހާމަކުރާގޮތުން، ކުރެވޭނެ އެއްވެސް ކަމެއް އެކަމުގައި ނެތް އަދި އަމިއްލަ އެކައުންޓުން ފައިސާ ޓްރާންސްފާއެއް ކުރާއިރު، އޮޅުމަކުން އެހެން އެކައުންޓަކަށް ޓްރާންސްފާ ކުރެވިގެން ވަގުތުން ރިޕޯޓް ކުރިނަމަވެސް ބޭންކުން އިރުޝާދުދެނީ އެފައިސާލިބުނު ފަރާތުގައި ބުނެގެން އެފައިސާހޯދުމަށް، މިދެ ޙާލަތުގައިވެސް ބޭންކަށް ކުރެވޭނެކަމެއް ނެތްކަމަށް ޤަބޫލުކުރަން މަޖުބޫރު ކުރުވާފައި ތިއްބާ މިދިމާވީ 77 ބިލިއަން ޑޮލަރު އޮޅުމަކުން ޖަމާވުމުގެ ޙާދިސާ، މިކަމުގައި ބޭންކުން އަމަލުކުރިގޮތް ތަފާތު، މިކަމުން އަޅުގަނޑުމެންނަށް އެގުނީ ބޭންކުން ބޭނުންނަމަ ޓްރާންސްފާގެ ފައިސާލިބޭ އެކައުންޓް ފްރީޒްކޮށް އެ ޓްރާންސެކްޝަން ކެންސަލް ކުރެވިދާނެކަން. މިކަމަކަށް އެ އެކައުންޓްގެ ވެރިފަރާތުގެ ހުއްދައެއްވެސް ބޭނުން ނުވާކަން.” މިކަމާއި ގުޅިގެން ބޭންކުން އަމަލުކުރަމުންދާ ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކުރަމުން އަމިއްލަ ފަރާތަކުން މިކަލް ނޫހާއި ހިއްސާކުރިއެވެ.

+1
1
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !