ފުވައްމުލައް ސިޓީގެ ބައެއް މިސްކިތްތަކުގައި ދީނީ ދަރުސްދިނުމުގެ ޕްރޮގްރާމެއް ފުވައްމުލައް ސިޓީ ކައުންސިލުން ކުރިޔަށް ގެންދަން ތާވަލުކޮށްފައެވެ.
އެގޮތުން ފުރަތަމަ ބުރުގައި ދަރުސު ދިނުމަށް ހަމަޖެހިފައިވަނީ 3 މިސްކިތެއްގައި ކޮންމެ ހޯމަ އަދި ބުރަސްފަތި ދވަހުގެ އަސުރު ނަމާދަށް ފަހުގައެވެ.
އަންނަ ހޯމަ ދުވަހު މަސްޖިދުލް އިނާރާ، ބޯޯޅަ މިސްކިތުގައި ދަރުސް ދިނުމަށް ހަމަޖެހިފައި ވަނީ ޝައިޚު މުޙައްމަދު ސިނާނު އެވެ. ސިނާނު ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ ‘ތައުބާވުން’ މިމައުޟޫއަށެވެ. އަދި ހަމަ އެދުވަހު މަސްޖިދުލް ހުދާގައި ދަރުސް ދިނުމަށް ހަމޖެިފައިވަނީ ޝައިޚު އަބްރާހިމް ޝަމީމު އެވެ. ޝަމީމު ދަރުސް ދެއްވާނީ އާއިލީ ގުޅުން، މި މައުޝޫއަށެވެ.
އަންނަ ބުރާސްފަތީގައި ޝައިޚު މުޙައްމަދު ސިނާނު ދަރުސް ދެއްވުމަށް ހަމަޖެހިފައި ވަނީ ‘ޒަކާތް ދިނުމުގެ މުހިންމު ކަމުގެ ަމއްޗަށެވެ. އެދުވަހު ދަރުސް ދެއްވާނީ މަސްޖިދުއް ތައުބާ ގައެވެ.
މި ދަރުސްތައް އަޑުއެއްސެސެވުމަށް ވީހާ ގިނަ ފަރާތްތަކު ވަޑައިގަތުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ދައުވަތު އަރުއެވެ.

ދީނީ ނަސޭހަތް
ޚިޔާލުތައް
شيخ ކިޔަނީ ކޮން ކަހަލަ ސަނަދެއް ލިބުނީމަތޯ؟ …….