A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ސިޓީ ހޯމް ކަރަންޓީނުގައި 72 ގެއެއްގައި މީހުން

12 ސެޕްޓެމްބަރު 2020 އަށް ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކުރެވިފައިވާ ގެތަކުގެ އަދަދު

ފާއިތުވި ހަފުތާ (11 ސެޕްޓެމްބަރު އަށް) ނިމުނު އިރު ފުވައްމުލައް ސިޓީގައި ކޮވިޑް-19 ގެ ހޯމް ކަރަންޓީނުގައި 72 ގެއެއްގައި މީހުން އެބަތިއެބެވެ. ފާއިތުވި ހުކުރު ދުވަހު ފުވައްމުލައް ސިޓީ ކައުންސިލް އާއްމުކުރި، މައުލޫމާތުގައި ވާގޮތުން ހޯމް ކަރަންޓީނަށް އެދުވަހު (ހުކުރު) މީހުން އައިސްފައިވަނީ ފުނާޑާއި މިސްކިތްމަގުން 3 ގެއަކަށެވެ.

މި އަދަދުތަކާއެކު ފާއިތުވި 15 ދުވަހުގެ ތެރޭގައި ޖުމްލަ 72 ގެއެއްގައި މީހުން ހޯމް ކަރަންޓީނުގައި ތިބޭނެކަމަށް ވެއެވެ. އެއީ އެއިގެ ކުރީ 15 ދުވަހާއި ހަމަޔަށް ހޯމް ކަރަންޓީނުގައި މީހުން ތިބި ޖުމްލަ 48 ގެއަށް ވުރެ 24 ގެ އިތުރު އަދަދެއްގެ ގެއެވެ.

ފާއިތުވި ހަފުތާގެ 11، 9 އަދި 8 އަދި 7 (ސެޕްޓެމްބަރު) ގައި މާލެއިން ހޯމް ކަރަންޓީނަށް 35 ގެއަކަށް މީހުން އައިސްފައި ވެއެވެ. ނަމަވެސް އެހަފުތާގައި ކަރަންޓީނުން މީހުން ދޫކޮށްްފައި ވަނީ ދަޑިމަގު، ދިގުވާ، ހޯދަޑު އަދި ދޫނޑިގަމުން 5 ގެއަކުންނެވެ. ފާއިތުވި ހަފުތާގެ ކުރީ ހަފުތާގައި 8 ގެއަކުން ކަރަންޓީނުގެ ތިބި މީހުން ދޫކޮށްފައި ވެއެވެ.

ބައެއް ގޭގޭގައި 1 އަށް ވުރެ ގިނަ މީހުން ހޯމް ކަރަންޓީނުގައި ތިބެއެވެ. ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނު ކޮށްފައި މުޅިއެކު ތިބީ ކިތައް މީހުން ކަމެއް ފުވައްމުލައް ސިޓީ ކައުންސިލުން ހާމައެއް ނުކުރެއެވެ.

ހޯމް ކަރަންޓީނު ކުރެވޭ މީހުނާއި ކަރަންޓީނުން ދޫކޮށްލެވޭ މީހުން – ފުވައްމުލައް ސިޓީ

ހޯމް ކަރަންޓީނަށް ރަށަށް އަންނަ މީހުން ތިބޭ ގެތަކުގެ ލިސްޓުތައް ސިޓީ ކައުންސިލުން އަންނަނީ ހާމަ ކުރަމުންނެވެ. ހޯމް ކަރަންޓީނުގައި ތިބޭ މީހުން، ކަރަންޓީންގެ 14 ދުވަސް ހަމަކޮށް ޓެސްޓް ސާމްޕަލްނަގައި ނަތީޖާ ލިބުމާއި ދޭތެރޭ 3-4 ދުވަސް ވަރު ވެއެވެ.

ފުވައްމުލަކުގައި ކޮވިޑް-19ގެ ބަލިމީހަކު ނެތެވެ. ނަމަވެސް އަތޮޅުތެރޭގެ ވަރަށް ގިނަ ރަށްރަށުގައި ކޮވިޑް-19 ޕޮޒިޓިވް މީހުން އެބަތިއްބެވެ. އަތޮޅުތަކުގައި ތިބި ޕޮޒިޓިވް މީހުންނަކީ މުޅިންވެސް ހޯމް ކަރަންޓީނުގައި ތިއްބައި ޕޮޒިޓިވްވިކަން އެނގުނު މީހުންނާއި މުދާއުފުލާ ބޯޓުތަކުން ރަށަށް ދަތުރުކޮށް ބަލީގެ ނިޝާން ހުރެގެން ޓެސްޓް ހެދުމުން ޕޮޒިޓިވް ވެފައިވާ މީހުންކަމަށް ވެއެވެ.

މުޅި ރާއްޖެއިން ކޮވިޑް ބަލި ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައި ވަނީ މިހާތަނަށް 9052 އެވެ. މީގެ ތެރެއިން ބޮޑު ބައެއް ވަނީ ބަލިން ރަނގަޅުވެފައެވެ. އެގޮތުން 7055 މީހުން ބަލިން ރަނގަޅުވެފައިވާ އިރު ބަލީގައި މިހާރު ތިބީ 1951، އަދި މިބަލީގައި ރާއްޖެއިން 31 މީހަކު ވަނީ މަރުވެގެން ގޮސްފައެވެ.

ކޮވިޑް-19 ބަލި އެއްކޮށް ކޮންޓްރޯލް ކުރެވޭކަމަށް ބެލެވެނީ މިބަލީގެ ވެކްސިނެއް އުފެއްދިގެންވެ. ނުވަތަ އޭގެ ޒާތުގައި ބަލި ފެތުރުން ހުއްޓުމުންނެވެ. ދުނިޔޭގެ ސައިންސްވެރިން އަންނަނީ އެމަސައްކަތް ކުރަމުންނެވެ. މިހާރު ލަފާ ކުރެވޭގޮތުން މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ވެކްސިނެއް އާއްމު ކުރެވޭވަރު ވާނެއެވެ. މިހާރު ކުރިޔަށް ދަނީ ޓެސްޓުކުރުމުގެ އެންމެ ފަހުމަރުހާލާއެވެ.

ދިވެހިން ހާޑް އިމިއުނިޓިއަކާއި ދިމާލަށް

“ހާޑް އިމިއުނިޓީ” އަކީ ބަލި ފެތުރޭނެ މީހުން އާބާދީގައި ނެތުން ނުވަތަ މަދުވެގެން ދިއުން

ޑރ.ހަސަން ހަމީދު ވިދާޅުވާ ގޮތުގައި ރާއްޖޭގައި ބަލި ހާޑް އިމިއުނިޓީއަކަށް ދާނެކަމަށް ލަފާ ކުރެވނީ ކުރިޔަށް އޮތް 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 4 ގައެވެ.

އެއީ:

ރާއްޖެގެ ޖުމްލަ އާބާދީއަކީ 379،270 ( ގައުމީ ތަފާސް ހިސާބުން) އެވެ.

ހާޑް އިމިއުނިޓީއަކަށް ދާކަމަށް ބެލެވެނީ އާބާދީގެ %70 ބަލިން ރަނގަޅުވުމުނެވެ.

ރާއްޖޭގެ މި އާބާދީގެ %70 އަށް ވަނީ 265،489 މީހުންނެވެ.

ދިވެހިންނަށް މިބަލި ޖެހިގެން ރެކޯޑުކުރެވިފައި ވަނީ ޖުމްލަ 5،640 (އެޗްޕީއޭ) މީހުންނަށެވެ.

ތާފާސް ހިސާބުގެ މައުލޫމާތު ބޭނުންކުރާ ގޮތަށް ބަލާއިރު ރެކޯޑު ކުރެވެނީ އަސްލު ބަލި ޖެހޭ މީހުންނަށް ވުރެ %6-%10 އާއި މަދު އަދަދެކެވެ. ވުމާއެކު މިހާތަނަށް ދިވެހިންނަށް މިބަލި ޖެހިފައިވާކަމަށް ލަފާކުރެވޭ އަދަދަކީ 56،400 އެވެ.

ހާޑް އިމިއުނީޓިއަކަށް ދާން ބޭނުންވާ އަދަދު ހަމަކުރަން މަދުވަނީ 209،089 (209،089=56،400-256،489) އެވެ.

ދުވާލެއްގެ މައްޗަށް އެވްރެޖް ރާއްޖޭގައި ބަލިޖެހޭ ކަމަށް ރެކޯޑް ކުރެވޭ މީހުންގެ އަދަދު 58.5 އެވެ.

މި ނިސްބަތުން ބަލާއިރު އަދި 357 ދުވަހުން ހާޑް އިމިއުނިޓީއަށް ދެވޭނެ އަދަދު ހަމަކުރެވޭނެއެވެ. [357=(10*58.5)/209،089]

މިވާއެކު މި ހިސާބުތަކަށް ބަލާއިރު ދިވެހިން ހާޑް އިމިއުނީޓިއަކަށް ދާނެކަމަށް ލަފާ ކުރެވެނީ 4 ސެޕްޓެމްބަރު 2021 ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !