A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައް ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް ލާފާކޮށް މޫސުމީ ހުދު ސަމާލު ނެރެފި

މިއަދު ނެރުނު މޫސުމީ ހުދު ސަމާލު 12 އޮކްޓޯބަރު 2020

ކުރިޔަށް އޮތް 24 ގަޑިއިރު ފުވައްމުލައް ހިމެނޭ ސަރަހައްދަށް މޫސުން ގޯސްވާނެ ކަމަށް ލާފާކޮށް މޫސުމީ ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ވާގޮތުން ދިވެހިރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ލޯ ޓްރަފެއްގެ ސަބަބުން ގިނަ އަދަކަށް ބޯ ވިއްސާރަވިލާތައް އަތޮޅުތަކުގެ މަތީގައި އުފެދެމުން އަންނަ ކަމަށް ވެއެވެ.

މިއަދު، 12 އޮކްޓޯބަރު 2020 ގެ މެންދުރު 2:00 އިން މިރޭ 7:00 އަށް ދެކުނުން ލ. އަތޮޅާއި، ހުވަދުއަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އަށް ސަރަހައްދަށް ވަނީ މޫސުމީ ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއި ވައި ގަދަވާނެކަމަށް އިރުޝާދު ނެރެފައި ވެއެވެ. އަދި ކޮޅިގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.

ކުރިޔަށް އޮތް 24 ގަޑިއިރަށް (މިރޭ 8:00 އިން މާދަމާރޭ 8:00 އަށް) ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު-ދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ. ދެކުނުގެ ރަށްތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން 4 – 7 ފޫޓުގައި ހުންނާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަކުރެއެވެ.

ވުމާއެކު ހުރިހާ ފަރާތްތަކުން ވެސް، ޚާއްސަކޮށް ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިރުޝާދު ދީފައި ވެއެވެ.

މޫސުމީ ހުދު ސަމާލު ނެރެނީ އާއްމު ވައި ގަޑިއަކު 19-24 މޭލާއި ދެމެދުގެ ބާރުމިނުގައި ހުރުމާއި ކޮޅިގަނޑުގައި 50-54 މޭލަށް ވައި ގަދަވާނެ ކަމަށް ލާފާކޮށްފައެވެ. އަދި 50 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ބަލާފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !