ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި މާދަމާ ދިދަ ނެގުމުގެ ރަސްމިއްޔާތެއް

1442 ވަަނަ އަހަރުގެ ގައުމީ ދުވަހާއި ގުޅިގެން ފުވައްމުލައް ސިޓީ ކައުންސިލުން ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ހުޅުވާލެވިފައިވާ ދައުވަތު
Share on facebook
Share on twitter
Share on google

މި އަހަރުގެ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ފުވައްމުލައް ސިޓީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިރަސްމިއްޔާތު އޮންނާނީ މާދަމާ ހެނދުނު 5:45 ގައި ފުވައްމުލައް ސިޓި ކައުންސިލް އިދާރާގައެވެ.

މި ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދައުވަތު އާއްމުކޮށް އެންމެންނަށް ވަނީ ހުޅުވާލާފައެވެ.

ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރަނީ ހިޖުރީ ކަލަންޑަރުން ރަބީއުލްއަވަލް މަހު ފުރަތަމަ ދުވަހުއެވެ. އެއީ ޕީޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކުރި ދުވަހެވެ. އެދުވަހުގެ ބަތަލަކީ އުތީމު މުހައްމަދު ތަޖުރުފާނު ނުވަތަ ބޮޑުތަކުރުފާނެވެ.

ގައުމީ ދުވަހުގެ މުނާސަބާގައި މާދަމާ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ގައުމާ މުޚާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކުރައްވާފައެވެ. ރައީސް ގައުމާ މުޚާތަބު ކުރައްވާނީ މާދަމާ ހެނދުނު 10:00 ގައެވެ.

ގައުމީ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ އޮންނާނީ ހއ. އުތީމުގައި އެވެ. މި ހާއްސަ ޖަލްސާ ބޭއްވުމުގެ އިންތިޒާމު ހަމަޖައްސަނީ ހޯމް މިނިސްޓްރީ އިންނެވެ.

މާދަމާ މާލޭގައި ވެސް ގައުމީ ދުވަހުގެ މުނާސަބާގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވަން ވަނީ ވަނީ ހަމަޖެހިފައެވެ.

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments