A wide advertisement which will be shown on all devices. (700 x 100)

ސިޓީ ކައުންސިލްގެ މުވައްޒަފުން ނާއިބު ތުއްތު މަގު ކުނިކާހާ ސާފުކޮށްފި

ސިޓީ ކައުންސިލުގެ މުވައްޒަފުން ނާއިބުތުއްތު މަގު ސާފުކުރުން 27 އޮކްޓޮބަރު 2020

ފުވައްމުލައް ސިޓީ ކައުނސިލް މުވައްޒަފުން ނުކުމެ ނައިބުތުއްތު ސާފުކޮށްފިއެވެ. އިއްޔެ ހެނދުނު އެމަގުގެ ތާރުއަޅާފައިވާ ސަރަަހައްދުން ވެލިފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރި ހެންދުނު  6:000 އިން ފެށިގެންނެއެވެ.

ފުވައްމުލަކު ނާއިބު ތުއްތު މަގަކީ ގާތްގަޑަކަށް 5.4 ކީލޯމީޓަރުގެ މަގެކެވެ. ސިޓީ ކައުނސިލްގެ ހުރިހާ މުވައްޒަފުން ކުރިޔަށްގެދިޔަ މި ހަރަކާތަކީ މިއަހަރުގެ ޖުމްހޫރީ ދުވަސް ފުވައްމުލައް ސިޓީގައި ކުލަގަދަކޮށް ފާހަނގަ ކުރުމަށް ހަމަޖެހިފައިވުމާއި ގުޅިގެން ރަށުތެރެ ޒީނަތްތެރިކޮށް ސާފުކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަސް ފުވައްމުލައ ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.

ސިޓީ ކައުންސިލުގެ މުވައްޒަފުން ނާއިބުތުއްތު މަގު ސާފުކުރުން 27 އޮކްޓޮބަރު 2020

ސިޓީކައުނސިލުން ނާއިބުތުއްތު މަގު ސާފުކުރި ދުވަހަހައި ވަގުތާއި ގުޅޭ ގޮތުން ބައެއް އާއްމު މީހުން ކންބޮޑުވުން ފާޅުކުރިއެވެ. އެންމެވެސް ބުނަނީ އެއީ ރަނަގަޅު ކަމެއް ކަމށާއި ނަމަވެސް އެކަން ކުރި ވަގުތާއްި ދުވަހާިއ ގުޅޭ ގޮތުން އޮތް ހިތްހަމަނުޖެހުމެކެވެ. އެގޮތުން އެއްބަޔަކު ބުނެފައިވަނީ ސްކޫލަށާއި އޮފީހަށް މީހުން ދިއުމަށް އެމަގު ބޭނުންކުރަން ޖެހޭއިރު އެމަގު ސާފުކުރުމަށް ބަންދު ކުރުމުގެ ސަބަބުން ދަތިތަކެއް ދިމާވި ކަމށެވެ. އަނެއްބަޔަކު ބުނަނީ އެގަޑީގައި މުޅި ސަރަހައްދަށް ހިރަފުސް ބުރާގޮތަށް އެކަން ކުރުމުގެ ބަދަލުގައި ސްކޫލަ ސްކޫލަށް ކުދިން ނުދާ ދުވަހެއް ގައި އެކަން ކުރި ނަމަ ރަނގަޅުވީހެވެ. ނުވަތަ ސްކޫލް ގަޑި ނިމޭ ވަގުތުގެ ފަހަށް އެމަސައްކަތް ކުރަން ރޭވިނަމަ ރަނގަޅުވީސް ކަމަށެވެ. އެގޮތުން ބައެެއް މީހުން ބުނަނީ ބުރާސްފަތި ދުވަހު ހަވީރު ނުވަތަ ހޮނިހިރު ދުވަހު އެމަގު ސާފުކުރިނަމަ އެހެން މީހުންނަށް ދިމާވި އުނދަގޫ ކުޑަކުރެވުނީސް ކަމަށެވެ.

ސިޓި ކައުންސިލުގެ މުވައްޒަފުން ހެނދުނު ހެނދުނާ، 6:00 ގައި އެމަގު ސާފުކުރުމުގައި މަސައްކަތް ފެށި ކަމުގައި ވިޔަސް އެމަސައްކަތް ނިންމުމަށް ގިނަ ވަގުތުތަކެއް ހޭދަވެގެންދާނެ ކަމަށް ބެލެވެއެވެ.

ސިޓީ ކައުންސިލުގެ މުވައްޒަފުން ނާއިބުތުއްތު މަގު ސާފުކުރުން 27 އޮކްޓޮބަރު 2020

ޖުމްހޫރީ ދުވަކީ ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ގާއިމުކުރެވުމާއި ގުޅުވައިގެން ފާހަގަ ކުރާ ދުވަހެކެވެ. ނުވަތަ ރައްޔިތުންގެ ވޯޓުން ޑިމޮކްރަޓިކް ވެރިކަމަކަށް ރައީސަކު އިންތިޚާބުކޮށް ވެރިކަން ފެެށި ދުވަސް ފާހަގަ ކުރުމަށެވެ.

އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް ރާއްޖޭގައި ގާއިމު ކުރެވުނީ 1 ޖެނުއަރީ 1953 ގައި މުހައްމަދު އަމީނުގެ ކުރު 8 މަސް ދުވަހުގެ (1 ޖެނުއަރީ 1953- 21 އޮގަސްޓް 1953) ވެރިމެވެ. ނަަމަވެސް ދިވެހިރާއްޖެގައި ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ 2 ވަނަ ޖުމްހޫރިއްޔާ އެއް ގާއިމުކުރެވުނު 11 ނޮވެމްބަރު 1968 އެވެ. އެ ވެރިކަމުގެ ރައީސަކީ އިބްރާހިިމް ނާސިރު އެވެ. އިބްރާހިމް ނާސިރު ރާއްޖޭގެ ރައީސް ކަން ކުރެއްވި 10 އަހަރު (11 ނޮވެމްބަރު 1968-1978އަށް) އެވެ.

މިހާތަނަށް (1953-2020) ރާއްޖޭގެ ރަައްތިރުން ރައީސްކަމަށް ހޮއްވެވި 6 ރައީސުން.

ނަމަވެސް އެންމެފަހުގެ ދެ ރައީސުން ކަމަށްވާ ރައީސް ޔާމީނު އަބްދުލް ގައްޔޫމުއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޖުމްހޫރީ ވެރިކަން ފެށިފައި ވަނީ 17 ނޮވެމްބަރު 2013 އާއި 2018 ގައިއެވެ. މިހެން ދިމާވީ ދައުރު ހަމވެގެން އިތުރަށް ރައީށް ނަޝީދުގެ ނާއިބު ރައީސް ވަހީދު ވެރިކަމުގައި ހުންނެވުމުގެ ސަބަބުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !