A wide advertisement which will be shown on all devices. (700 x 100)

އަންނަ އަހަރު، 2021ގައި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ- ސިޓީ ކައުންސިލް

ފުވައްމުލައް ސިޓީ ގިރާ ސަރަހައްދު. ނޮވެމްބަރު 2020 ފޮޓޯ: މުނީރު ހަސަން

އަންނަ އަހަރު، 2021ގައި ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރުމަންޓާއި ހަވާލާދީ ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. އަދި މިމަޝްރޫޢުގެ މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް ހަމަކުރައްވައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން މިހެން ހާމަކުރީ މިހަފުތާތެރެގައި ކަމާއި ގުޅޭ މުއައްސަސާތަކުގެ މެދުގައި އޮންލައިންކޮށް ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު އެވެ. އެގޮތުން މިބައްދަލުވުމުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރުމެންޓްކަމާއިގުޅޭ އެހެނިހެން މުވައްސަސާތަކާއި އެކު މަޝްވަރާ ކުރެވިފައި ވެއެވެ.

ފުވައްމުލައް ސިޓީ ގިރާ ސަރަހައްދު. 30 އޮކްޓޯބަރު 2020. ފޮޓޯ: މުނީރު ހަސަން

މިބައްދަލުވުމުގައި ފުވައްމުލަކު ގޮނޑުދޮށުން ގިރައިގެންދާ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމާއި އަދި އެތަނަށް ވެލި އަޅާނެގޮތަކާއި، ރިވެޓްމެންޓް ޖެހުމަށްފަހު ރަށުގެ އެހެނިހެން ސަރަހައްދުތަކުގެ ހޭޅިފަށަށް އަންނާނެ ބަދަލުތަކާއި އަދި އެކަމަށް ހާއްސަކޮށްގެން ފަންނީ ލަފާހޯދުމާއި މެދު މަޝްވަރާ ކުރެވިފައި ވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަކީ ގިނަ ދުވަސްތަކެއްވެ ކުރިއެރުމެއް ފެނިފައިނުވާ ބޮޑު މަސައްކަތެކެވެ. ދައުލަތުގެ ބަޖެޓްުގައި މިޕްރޮޖެކްތްގެ މައްސައްކަތް ހިމަނަމުން އަންނަތާ ވެސް އެތައް އަހަރުތަކެއް ވެއްޖެއެވެ.

މުއައްސަސާތަކާއިކު ބޭއްވި ވާރޗުއަލް ބައްދަލުވުން ޑިސެމްބަރ 2020

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖުލިސް މެމްބަރުން ވެސް ވަނީ މި މައްސަލަ އެތައްގޮތަކުން ސަރުކާރުގެ ސަމާލުކަމަށް ގެނެސް ފައެވެ. އެގޮތުްނ ޕްލޭނިން މިނިސްޓަރު އަސްލަމު މަޖުލީހުގެ ތަޅުމަށް ހާޒިރުކޮށް މަސައްކަތް ނުފެށި ލަސްވާ ސަބަބު ވަނީ ސާފުކޮށްފައެވެ. މި މަސައްކަތުގެ ބިޑިން މަރުހާލާ ވެސް އެތައް ފަހަރަކު ކުރިޔަށް ގެންދެވިފައި ވެއެވެ.

އަންނަ އަހަހަރުގެ ދައުލަތުގެ ބަޖެޓުގައި މިޕްރޮޖެކްޓަށް 52 މިލިޔަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ފުވައްމުލައް ސިޓީ ގިރާ ސަރަހައްދު. 30 އޮކްޓޯބަރު 2020. ފޮޓޯ: މުނީރު ހަސަން

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !