ފުވައްމުލައް ސިޓީން މިއަދު ހޯމްކަރަންޓީނު ނިންމި 2 މީހަކު ކޮވިޑް-19އަށް ފައްސި ވެފައިވާކަންފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައިފިއެވެ. މިއަދުގެ ޕޮޒިޓިވް ދެ ކޭސް އާއެކު ފުވައްމުލައް ސިޓީން ކޮވިޑް-19އަށް ޕޮޒިޓިވް ވީ މޯީހުންގެ އަދަދު 7 އަށް އެރީއެވެ. މި ދެމީހުންގެ ސާމްޕަލް ނެގީ އިއްޔެއެވެ.
މިއަދު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުން ނިންމައި ދޫކޮށްލުމުގެ ކުރިން ނަގާ ސާމްޕަލްގެ ތެރެއިންނެވެ. މިމަހު 26 ވަނަ ދުވަހު ޕޮޒިޓިވްވި ދިވެހި ފިރިހެން މީހާއަކީ ހޯމް ކަރަންޓީނު ފުރިހަމކުރަމުން ގެންދަނިކޮށް ބަލީގެ އަލާމަތްތަކެއް ހުރުމުން ނެގި ސާމްޕަލްއިން ޕޮޒިޓްވި މީހެކެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ކޯވިޑް-19 އަށް ޕީސީއާރު ޓެސްޓް ހަދަން ފަށައިފި. ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް
ހޯމް ކަރަންޓީނުގައި ހުރި މީހަކު ބައްޔަށް ޕޮޒިޓިވް ވުމުން ރަަށުގައި ދިރިއުޅޭ މީހުން ބަލިފެތުރިދާނެތި އެހާ ކަންބޮޑުވާކަށް ނުޖެހެއެވެ. އެހެނީ އޭނާގެ ކޮންޓެކްޓަކު ހުރިކަމުގައި ވިޔަސް އެއީ ވެސް ކަރަންޓީނުގައި ހުންނާނެ މީހަކަށް ވާނެތީއެވެ. ނޫނީ އޭނާގެ ޑައިރެކްޓް ކޮންޓެކްޓެއް ނުހުންނާނެތީއެވެ.
މިއަދުގެ ޕޮޒިޓިވް ކޭސް އާއެކު ފުވައްމުލަކު ހޮސްޕިޓަލުން އަދި ފުވައްމުލައް ސިޓީ ކައުންސިލުން އިރުޝާދުދީފައިވަނީ “ރައްޔިތުން ކޮވިޑް-19އިގެ ރޯގާއިން ރައްކާތެރިވުމުގައި އިތުރަށް ފަރުވާތެރިކަން ބެހެއްޓެވުމަށާއި ގައިދުރުކަން ބަހައްޓަވައި މީހުން އެއްވާ ތަންތަނުގައި މާސްކް އެޅުއްވުމާއި ގިނަގިނައިން އަތްދޮވެ، ޢާއްމު ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށެވެ.

ދިވެހިރާއްޖޭގެ ކޮވިޑް-19 ޙާލަތު، 28 ޖެނުއަރީ 2021
މިއަދު އިއުލާން ކުރެވުނު ކޮވިޑް-19 6ވަނަ އަދި 7 ވަނަ ޕޮޒިޓިވް ކޭސްތައް މިފެނުނީ މީގެ ދެދުވަސް ކުރިން 1 ކޭސް ފެނުނު ފަހުންނެވެ. ނަމަވެސް 4 ވަނަ ކޭސް ރިޕޯޓްކޮށްފައި ވަނީ ފައިތުވި އަހަރު އޮކްޓޯބަރު 26 ގައެވެ. ފުވައްމުލައް ސިޓީގެ އެންމެ ފުރަތަމަ ކޭސް ރިޕޯޓްކޮށްފައި ވަނީ 5 އޮގަސްޓް 2020 ގައެވެ. މިހުރިހާ ކޭސްތަކަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.
މިދުވަސްކޮޅު މުޅި ރާއްޖޭގެ ކޮވިޑް-19 ކޭސްތަކުގެ އަދަދުތައް ވެސް އަންނަނީ އިތުރުވަމުންނެވެ.
ޚިޔާލުތައް