A wide advertisement which will be shown on all devices. (700 x 100)

ހައިރިސްކު ދެ މީހުން ކޮވިޑް ފެސިލިޓިއަށް ބަދަލުކޮށްފި

ކޯވިޑް-19 ހައިރިސްކް ދެމީހުން ކޯވިޑް ފެިލިޓިއަށް ބަދަލުކުރަނީ. ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

ފުވައްމުލައް ސިޓީން ހޯމް ކަރަންޓީނުން ކޮވިޑް-19އަށް ޕޮޒިޓިވް ވި އުމުރުން ދުވަސްވީ ދެމީހުން ފުވައްމުލަކުގެ ކޮވިޑް ފެސިލިޓިއަށް ރޭގައި (29 ޖެނުއަރީ 2021) ބަދަލުކޮށް ހޮސްޕިޓަލުން ބަލަހައްޓަން ފަށައިފައިވާ ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

އެދެ މީހުން ކޯވިޑް ފެސިލިޓިަގއި ބަލަހައްޓަނީ އެއީ ބަލީގެ “ހައިރިސްކް” ދެ މީހުންނަށް ވާތީ ގާތުން ބެލުމުގެ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ. އެއީ އުމުރުން 70 އަހަރުގެ ފިރިހިނެކާއި 61 އަހަރުގެ އަންހެނެކެވެ. މީހުންނަކީ މިއީ ފުވައްމުލައް ސިޓީ ކޮވިޑް ފެސިލިޓީގައި ކޮވިޑް-19ގެ މީހުން ބޭތިއްބި ފުރަތަމަ ފަހަރެވެ.

ކޮވިޑް-19ގެ ބަލިމީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ހިނގަމުންދާނީ ފުވައްމުލަކު ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ކޮވިޑް-19އިގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްގައި ހަރަކާތްތެރިވާ ‘ކްލިނިކަލް މެޑިކަލް އެޑްވައިޒަރީ ޓީމް’ (CMAT) ގުޅިގެން ކަމަށް ހޮސްޕިޓަލުން ހާމަކުރެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގައި ކޯވިޑް-19 އަށް ޕީސީއާރު ޓެސްޓް ހަދަން ފަށައިފި. ފޮޓޯ: ފުވައްމުލަކު ހޮސްޕިޓަލް

މީގެ ކުރިން ބައްޔަށް ޕޮޒިޓިވްވި މީހުން ހޯމްކަރަންޓީނުގައި ތިބެ ބަލިން ވަނީ ރަނގަޅުވެފައެވެ. ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ކަރަންޓީނުގެ އަލުން ކުރި އެކަކު ފިޔަވައި އެންމެން ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލީގެ މީހުންގެ ތެރެއިން މިހާރު ހޯމް ކަރަންޓީނުގައި ހުރީ މި ޖެނުއަރީ މަހު 26 ވަނަ ދުވަހު ބައްޔަށް ޕޮޒިޓިވް ވި މީހާ އެކަންޏެވެ. އެއިގެފަހުން ބައްޔަށް ޕޮޒިޓިވް ވި ދެމީހުން މިވަނީ ކޮވިޑް ފެސިލިޓީއަށް ބަދަލުކުރެވިފައެވެ.

މިއަދު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ ފުވައްމުލައް ސިޓީގައި ހޯމް ކަރަންޓީނުން ނިންމައި ދޫކޮށްލުމުގެ ކުރިން ނަގާ ސާމްޕަލްގެ ތެރެއިންނެވެ. މިމަހު 26 ވަނަ ދުވަހު ޕޮޒިޓިވްވި ދިވެހި ފިރިހެން މީހާއަކީ ހޯމް ކަރަންޓީނު ފުރިހަމކުރަމުން ގެންދަނިކޮށް ބަލީގެ އަލާމަތްތަކެއް ހުރުމުން ނެގި ސާމްޕަލްއިން ޕޮޒިޓްވި މީހެކެވެ.

ފުވައްމުލައް ސިޓިގައި ގާއިމުކުރެވޭ ކޯވިޑް-19 އައިސީޔޫ ފެސިލިޓީ – ކުރީގެ ބާ ހޮސްޕިޓަލް ހިންގި އިމާރަތުގައި

ފުވައްމުލައް ސިޓީގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ‘ހައި ރިސްކް’ 2 ބަލި މީހުން 29 ޖަނަވަރީ 2021 ވީ ހުކުރު ދުވަހުގެ ރޭ 11:30 ހާއިރު، މި ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކޮވިޑް ފެސިލިޓީއަށްވަނީ ބަދަލު ކުރެވިފައެވެ.
މި ދެ މީހުން ކޮވިޑަށް ޕޒިޓިވް ވެފައިވަނީ 10 ދުވަހުގެ ކަރަންޓީން މުއްދަތު ނިންމުމުން އާއްމު އުސޫލުން، ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހަދަންޖެހޭ ޓެސްޓްގައި ބައްޔަށް ޕޮޒިޓިވްވި ވެގެންނެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !