A wide advertisement which will be shown on all devices. (700 x 100)

މާސްކް އެޅުމަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލުން ފަށައިފި

މާދަމާއިން ފެށިގެން މުޅި ރާއްޖޭގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާތީ އެކަމަށް ހޭލުންތެރިކުރުމުގެ މަސައްކަތް ފުވައްމުލަކު ސިޓީ ކައުންސިލްގެ ފަރާތުން ފަށައިފިއެވެ. މިޕްރޮގްރާމުގައި ހޭލުންތެރިކުރުމުގެ މެސެޖުތައް ހުންނަ ޕޯސްޓަރާއި ސްޓިކާ ފިހާރަތަކާއި ގޭގޭގައި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލައް ސިޓީގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ މުޅިއެކު 7 މީހުންނެވެ. އެއެންމެންނަކީވެސް ހޯމްކަރަންޓީނުގައި ތިބި ބަޔަކަށް ވާތީވެ މިރޯގާ މިސިޓީގެ މުޖުތަމައަށް ފެތުރިފައިނުވާ ކަމަށް ވަނީ ނިންމާފައެވެ.

ފުވައްމުލަކުން ކޮވިޑް 19 އަށް ޕޮޒިޓިވުވެފައިވަނީ ބަންގްލާދޭޝް މަސައްކަތު މީހަކާއި ފުވައްމުލަކު 6 މީހުންނެވެ. އެ އެންމެފަހުން ބައްޔަށް ޕޮޒިޓިވް ވި 3 މީހުން ފިޔަވައި އަނެއް 4 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ކޮވިޑް-19 ގެ ރޯގާއިން ދިފާޢުވުމަށް ރާއްޖޭގައި ކުރިއަށްދާ ވެކްސިން ޕްރޮގްރާމުގެ ދަށުން ފުވައްމުލަކުގައިވެސް މިހާރުދަނީ ވެކްސިން ޖަހަމުންނެވެ. ފުވައްމުލަކު ސިޓީގައި ވެކްސިން ޖެހުން ފެށިގައިވަނީ  އިއްޔެ މެންދުރުފަހު 2:45 ގައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !