ފުވައްމުލައ ސިޓީގައި ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިފައިވާ އިރު އިއްޔެ އިތުރު މީހަކު ބައްޔަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. ނަމަވެސް އިއްޔެގެ 6:00 ގެ ފަހުން ޕޮޒިޓިވްވި ދެ ކޭސް އާއެކު މިހާރު ފުވައްމުލައް ސިޓިއިން ބައްޔަށް ޕޮޒިޓިވް ވެފައިވާ ޖުމްލަ އަދަަދަކީ 22 އެވެ.
ނަމަވެސް މިހާރުގެ ބަލީގައި ތިބީ 16 މީހެކެވެ. އެއީ 3 ފިރިހެނުންނާއި 13 އަންހެނުންނެވެ. މި 16 މީހުގެ ތެރޭގައި އެކި ކުޑަކުދިންނާއި އުމުރުތަކުގެ މީހުން ހިމެނެއެވެ.
ކޮވިޑް-19 ކޮމިއުނިޓީ ސްޕްރެޑެއް އޮތުމާއެކު ކޮންޓެކްތް ޓްރޭސިން އާއި ސާމްޕަލްތަައް ނެގުމާއި ޓެސްޓް ކުރަން ފޮނުވުން މިވަނީ އިތުރު ވެފައެވެ. ފުވައްމުލަކު ހޮސްޕިޓަލުގައި ކޮވިޑް-19 އަށް ޓެސްޓް ކުރަނީ ކޮންމެހެން އަވަހަށް ޓެސްޓް ހަދަން ޖެހޭ ފަރާތްތައް އެކަންޏެވެ. އެނޫންފަރާތްތަކުގެ ސާމްޕަލްތައް ޓެސްޓް ކުރުމަށް ފޮނުވަނީ މާލެއަށެވެ.
ރޭގެ ފުވައްމުލައް ހެލްތު އޮޕަރޭޝަން ސެންޓަރުން ހާމަކުރެއްވި ކޮވިޑް ކޮމިއުނީޓީ ސްޕްރެޑް އާއި ގުޅިގެން މިހާތަނަށް 620 ފަރާތެއް ވަނީ ކޮންޓެކްޓުނެގެ ގޮތުގައި ފާހަގަ ކުރެވިފައެވެ.
ރޭގެ 6:00 ގެ ފަހުން ޕޮޒިޓިވް ވި ދެމީހުންގެ ކޮންޓެކްޓް ޓްރޭސިން އެކެއްގެ ފަރާތުން 61 މީހަކު އަދި އަނެއް މީހަގެ ފަރާތުން 31 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައި ވާކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ ސީނިއަރ ކޮމިނިޓީ ހެލްތް އޮފިސަރ އާމިނަތު އަޙްމަދު ވިދާޅުވިއެވެ.
މިހާރެ ފެނިގެން އުޅޭ ކޮވިޑް-19 ޕޮޒިޓިވް ކޭސްތަކާއެކު ޖުމްލަ 90 ފަރާތެއްގެ ސާމަޕްލް އިއްޔެ ނެގިފައިވާ ކަމަށާއި އިއްޔެގެ ކޮންޓެކްޓް ޓްރޭސިންއިން ފާހަގަ ކުރެވުނު މީހުންގެ ތެރޭގައި ހައިރިސްކް 25 މީހުނާއި ބަލީގެ އަލާމަތްތައް ހުރި 15 މީހުން ހިމެނެކަމަށް އާމިނަތު ހާމަކުރެއްވިއެވެ.
އިއްޔެ 137 ސާމްޕަލް ނަގާފައި ވެއެވެ. އެއީ:
ދަތުރުވެރިންގެ 4 ސާމްޕަލް
ފްލޫ ކްލިނިކްގެ 12 ސާމްޕަލް
ކަރަންޓީން ނިންމި 31 ސާމްޕަލް
މިހާރުގެ ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 90 ސާމްޕަލް.
ޚިޔާލުތައް
ކޮންޓެކްޓް ޓްރޭސިން އަދިވެސް ނުނިމެނީތޯ؟ ވިޔަފާތިތައް ބަގުރޫޓުވަނީ. ލޮކްޑައުން ނިންމާލަން އެބަޖެހޭ
މިކާރިސާގެ މައުލޫމާތު ފޯރުކޮށް ދިނުމަށް މިކަލް ނޫހުން ކުރާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން
ހާދަ ޕްރޮމޯޓެއް ތިކުރަނީ