A wide advertisement which will be shown on all devices. (700 x 100)

ކޮވިޑް ހާލަތު: އިއްޔެ ކޮވިޑަށް ޕޮޒިޓިވު ރޭޓް 0.5 އިންސައްތާގައި

ފުވައްމުލަކު ސިޓީއިން އިއްޔެ ވެސް ކޮވިޑަށް ޕޮޒިޓިވުވެފައިވަނީ އެންމެ ދިވެއްސެކެވެ. އިއްޔެ 176 ސާމްޕަލްގެ ނަތީޖާ ލިބިފައިވާ އިރު ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ އަދަދަކީ 74 އެކެވެ. އިއްޔެ ކޮރޯނާ ރޯގާ އަށް ފުވައްމުލަކުން ޕޮޒިޓިވުވި މީހުންގެ ނިސްބަތަކީ 0.5 އިންސައްތައެވެ. އަދި ފާއިތުވީ 7 ދުވަހުގެ އެވުރެޖަށް ބަލާއިރު މިރޯގާ އަށް ޕޮޒިޓިވުވި ނިސްބަތަކީ 2.8 އިންސައްތައެވެ.

އިއްޔެގެ ހަވީރު 5:00 ގެ ނިޔަލަށް ފުވައްމުލަކު ސިޓީގައި ކޮރޯނާ ރޯގާ ޖެހިފައި ތިބި މީހުންގެ އަދަދަކީ 33 އެވެ. އެއީ 23 ދިވެހިންނާއި 10 ބިދޭސީންނެވެ. ކޮރޯނާ ރޯގާ ޖެހިފައި ތިބި އެންމެ ގިނަ މީހުން ތިބީ މިސްކިތްމަގު އަވަށުގައެވެ. އެއަވަށުގައި ކޮރޯނާ ރޯގާ ޖެހިފައި ތިބި 28 މީހުން ތިބިއިރު ފުނާޑު އަވަށުގައި އެރޯގާ ޖެހިފައި ތިބި 3 މީހަކު އަދި ދިގުވާނޑު އަވަށުގައި 2 މީހަކު އެބަތިއްބެވެ.

އިއްޔެ 65 ސާމްޕަލެއް ނަގާފައިވާއިރު އޭގެ ތެރެއިން 26 ސާމްޕަލަކީ ކޮންޓްރްކެޓް ޓްރޭސިން އިން ނެގުނު ސާމްޕަލެވެ. އަދި 19 ސާމްޕަލެއް ހޯމް ކަރަންޓީނުން ނެގުނުއިރު 11 ސާމްޕަލެއް ނަގާފައިވަނީ އެކްޓިވް ސަވައިލަންސް އިންނެވެ.

ކޮރޯނާ ރޯގާގެ ދެވަނަ ރާޅާއިއެކު ފުވައްމުލަކު ސިޓީ ފުރަބަންދު ކުރި ގޮތަށް އަދިވެސް އެއްކޮށް ދޫކޮށްފައިނުވާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ކޮރޯނާ ރޯގާއާއި ގުޅިގެން މާލޭގައި އަޅާފައިވާ ފިޔަވަޅުތައް މިހާރުވަނީ ދޫކޮށްލާފައެވެ. ނަމަވެސް މާލެއިން އަދިވެސް ދުވާލަކު އެވްރެޖްކޮށް 20 އިން މަތިން ކޮރޯނާ ރޯގާގެ ކޭސްތައް ފެންނަމުންދެއެވެ.

ކޮރޯނާ ރޯގާގެ ހާލަތާއި ގުޅިގެން ފުވައްމުލަކު ސިޓީގައި މިވަގުތު އެޅިފައިވާ ފިޔަވަޅުތަކަކީ:

  • ކާފިއު ގަޑި ރޭގަނޑު 21:00 އިން 4:00 އަށް
  • ބިދޭސީންލައްވައި ކުރަމުން އައި ހުރިހާ މަސައްކަތް ހުއްޓާލުން، ނަމަވެސް މިހާލަތުގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތް ކުރުމަށް ކައުންސިލުން ހުއްދަނަގައިގެން ކުރެވިދާނެ
  • ގާޑިޔާ. ރެސްޓޯރެންޓް އަދި ކެފޭތައް އެޗްޕީއޭ ގައިޑްލައިނާއި އެއްގޮތަށް މަސައްކަތްކުރުން
  • ކައުންސިލުން ހުއްދަދީފައިވާ ފިހާރަތައް ގަވާއިދާއި އެއްގޮތަށް ވިޔަފާރިކުރުން
  • ސެލޫން، ޖިމް، ބޯކޮށާތަންތަން އެޗްޕީއޭ ގައިޑުލައިނާއި އެއްގޮތަށް އަމަލުކުރުން
  • ޕާޓީ، ޙަފްލާތައް ބޭއްވުން ހުއްޓާލުން
  • އެއްގެއިން އަނެއްގެއަށް ޒިޔާރަށް ކުރުން ހުއްޓާލުން
  • އެއްއަވަށުން އަނެއް އަވަށެއް ދިއުން ހުއްޓާލުން
  • އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަ މީހުން މަގުމަތީގައި އުޅުމާއި އާންމުތަންތަނުގައި އުޅުން ހުއްޓާލުން
  • ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހުއްޓާލުން

މުޅި ރާއްޖޭގެ ކޮވިޑު ހާލަތަށް ބަލާއިރު މުޅި ރާއްޖެއިން އިއްޔެ ކޮވިޑަށް ޕޮޒިޓިވުވެފައިވަނީ 91 މީހެކެވެ. އެއީ މާލެއިން ޕޮޒިޓިވުވި  23 މީހުންނާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުން ޕޮޒިޓުވި 61 މީހުންނާއި، ރިސޯޓުތަކުން ޕޮޒިޓުވި 6 މީހެކެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !