A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިޓީގައި އަޅާ ޓާޝަރީ ހޮސްޕިޓަލުގެ ކުރެހުންތައް ހަދައިދޭނެ ފަރާތެއް ހޯދަނީ

މިހާރުގެ ފުވައްމުލަކު ހޮސްޕިޓަލް މަތިން - 2021

ފުވައްމުލައް ސިޓީގައި އަލަށް އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލް ޢިމާރާތުގެ ކުރެހުން ތަކާއި، ބިލް އޮފް ކުއަންޓިޓީ އާއި، ޓެކްނިކަލް ސްޕެސިފިކޭޝަންސް ތަކާއި، ޓެންޑަރ ޑޮކިޔުމެންޓް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ހެލްތްއިން އިއުލާންކޮށްފިއެވެ. ހެލްތު މިނިސްޓްރީ އިން އިއްޔެ ކޮށްފައިވާ އިއުލާނަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސެޕްޓެމްބަރު މަހު 6 ވަނަ ދުވަހުއެވެ.

މިހޮސްޕިޓަލު ފަރުމާކުރެވިގެންދަނީ މުޅިން ޚިދުމަތާއި އައު ވަސީލަތްތަކާއެކު ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގެ ގޮތުގައި ކަމަށް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި އަޅާ އާ ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ މިހާރުގެ ހޮސްޕިޓަލާއި ޖެހިގެން އިރުމަތީފަރާތަށް އޮތް ހުސްބިމާއި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ މިހާރުގެ އިދާރީ އޮފީސް ހިންގާ ހިމާރާތް ހިމެނޭ ސަރަހައްދާއި އެކު ގުޅުވާލައިގެން ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ. އަދި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ އިދާރީ އޮފީސް މިހާރުގެ ހިންގާ ހިމާރާތް ހުރި ބިން ހޮސްޕިޓަލުގެ އިމާރާތްކުރާ ބިމމުގަިއ ހިމެނުމަށް ކަމާއި ބެހޭ ފަރާތްތަކުން ނިންމަންޖެހޭ އިދާރީ މަސައްކަތްތައް މިޙާރު ކުރިޔަށްދާކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ފުވައްމުލަކު ހޮސްޕިޓަލް ބޮޑުކުރުން

އެއީ މުޅިއެކު ގާތްގަނޑަކަށް 28 ހާސް އަކަފުޓޫގެ ވަރުގެ ބިމެއްކަމަށާއި، މިބިމުގައި އަލަށް އަޅާ ޓާޝަރީ ހޮސްޕިޓަލުގައި އިމަޖެންސީގައި ފަރުވާދޭ ތަނަކާއި ވިއްސާ ކޮޓަރިއާއި، ޅަކުދިންގެ އައިސީޔޫ އާއި އޮޕަރޭޝަން ތިއޭޓަރާއި ވޯޑާއި ޕްރައިވެޓް ކޮޓަރިއާއި އޯޕީޑީގައި ޚިދުމަތްދެވޭ ތަންތަން ހުރެއެވެ. އަދި މިތަންތަން ހުންނަން ޖެހޭނީ އެއާކޮންޑިޝަން ކުރެވިފައެވެ.

ޓާޝަރީ ފެންވަރަށް ހަދާ މިހޮސްޕިޓަލް އިމާރާތް ކުރުމަށް ވިސްނާފައި ވަނީ 4 ބުރިއަށް ކަމަށާއި ނަމަވެސް ކިތައް ބުރިކަން ފައިނަލް ކުރެވޭނީ ޑިޒައިން (ކުރެހުން) ނާއި އެކު ބިމުގެ ސާވޭ ހެދުމަށް  ފަހު ކަމަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު މިކަލް ނޫހަށް މައުލޫމާތު ދެއްވިއެވެ. ހަތަރު ބުރިއަށް އިމާރާތްކުރެވުނު ކަމުގައި ވިޔަސް އާއްމު ގިނަ ޚިދުމަތްތައް ގްރައުންޑު ފްލޯއިން ގާއިމުކުރަން ވިސްނާފައިވާ ކަމަށާއި އެއީ އާއްމުނަށް ޚިދުމަތް ހޯދުމުގައި ފަސޭހަ ކުރުމުގެ ގޮތުން ކަމަށް ސައީދު އިތުރަށް ވިދާޅުވިއެވެ.

މި ހޮސްޕިޓަލުގައި 250 ކޭވީގެ ސޯލާ ސިސްޓަމެއް ހުންނަންޖެހޭ ކަމަށް ހެލްތް މިނިސްޓްރީއިން ކުރި އިއުލާނުގައިވެއެވެ. އަލަށް އިމާރާތްކުރެވޭ ހޮސްޕިޓަލް އިމާރާތްކުރުމަށް މިނިސްޓްރީ އޮފް ހެލްތް އިން ހުށަހަޅަނީ 20-25 ހާސް އަކަފޫޓުގެ ސަރަހައްދެގައި 4 ބުރިއަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !