A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ސިޓީގެ މޮނިޓަރިން ހާލަތުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއްދީފި

ފުވައްމުލަކު ސިޓީ ތިންވަނަ ފަހަރަށް މޮނިޓަރިންއަށް މިދިޔަ އާދީއްތަދުވަހު ލުމާއި ވިދިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަަކަށް ލުއިތަކެއް ދީފިއެވެ. މިލުއިތަކުގެ މައުލޫމާތު ހިއްސާކުރަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރު ވިދާޅުވެފައިވަނީ ފުވައްމުލަކު ސިޓީ މޮނިޓަރިންގައި އޮތުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އަސަރުކުރިކަމަށާއި ފުވައްމުލަކު ރައްޔިތުން ދިރިއުޅަށް އާމްދަނީ ހޯދުމަށް ކުރަމުން އައިމަސައްކަތްތައް ހީނަރުވަމުންދާތީވެ ފުވައްމުލަކު ރައްޔިތުންނަށް ގެއްލުން ވަމުންދާތީވެ، ފުވައްމުލަކު ސިޓީ ކައުންސިލާއި އިތުރު ލުއިތަކެއް ހޯދުމަށް މަސައްކަތްކުރި ކަމަށެވެ. މިމަސައްކަތުގެ ސަބަބުން މިހާރު ސްކޫލްތަކާއި ރެސްޓޯރަންޓް ފިހާރަތައްވެސް ހުޅުވުމުގެ ފުރުސަތު މިހާރު ލިބިފައިވާކަންވެސް މޭޔަރު ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ސިޓީ ތިންވަނަ ފަހަރަށް މޮނިޓަރިން ލުމާއިއެކު ސްކޫލްތަކުގައި ކިޔެވައިދިނުން ހުއްޓާލާ އޮންލައިންކޮށް ކްލާސްތައް ގެންދަން އެޗްޕީއޭއިން ވަނީ އިރުޝާދުދީފައެވެ. އަދި ރެސްޓޯރަންޓް ކެފޭތަކަށްވެސް ހުއްދަ ދީފައިވަނީ ހަމައެކަނި ޑެލިވަރީ ޚިދުމަތަށެވެ. ނަމަވެސް ރޭ އިއުލާންކުރެވުނު ލުއިތަކުގެ ސަބަބުން ދަރިވަރުންނަށް ކްލާހަށް ހާޟިރުވެ ތައުލީމު އުގެނުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރެސްޓޯރަންޓް ކެފޭތައް ކާފިއު ގަޑީއާއި ހަމައަށް ހުޅުވިދާނެއެވެ.

މިލުއިތައް ލިބިފައިވަނީ، ފުވައްމުލަކު ގިނަ އަދަދެއްގެ ބަޔަކު ފުވައްމުލައް މޮނިޓަރިންއަށް ލުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ.

އިއްޔެވެސް ފުވައްމުލަކުން ވަނީ 13 މީހަކު ކޮވިޑް ރޯގާއަށް ޕޮޒިޓިވުވެފައެވެ. މިހާތަނަށް ފުވައްމުލަކުގެ ވެކްސިންޖެހޭ އާބާދީގެ 75 އިންސައްތަ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށާއި ނަމަވެސް އެކައުންސިލުގެ އުއްމީދަކީ މިއަދަދު 80 އިންސައްތައަށް އިތުރުކުރުން ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !