A wide advertisement which will be shown on all devices. (700 x 100)

ކީރިތި ގުރުއާނާއި ބެހޭ މަރުކަޒު ފުވައްމުލައް ސިޓީ ގޮފީގެ ދަސްވެނިވުން ބާއްވައިފި

ގުރުއާނާއި ބެހޭ މަރުކަޒު ފުވައްމުލައް ސިޓީ ގޮފީގެ ދަސްވެނިވުން 2021

ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލައް ސިޓީ ގޮފީގެ ދަސްވެނިވުން ރޭ ހާފިޒް އަހުމަދު ސްކޫލް ހޯލުގައި ބައްވައިފިއެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައިސުލްޖުމްހޫރިއްޔާގެ ނައީބު އޮނަރަބްލް ފައިސަލް ނަސީމުއެވެ. ފުވައްމުލައް ސިޓީއަކީ ރާއްޖޭގެ އެއްރަށެއްގެ މައްޗަށް އެންމެ ގިނަ ހާފިޒުން ތިބި ރަށެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރިމެހުމާނު ފައިސަލް ނަސީމު ވިދާޅުވީ ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ ގޮފީގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކާ އައު އިމާރާތެއްގެ މަސައްކަތް ފެށިމަށެވެ. ނަމަވެސް ކުރިން ކަނޑައެޅި ބިމުގައި ދިމާވި މައްސަލަތަކާއި ހުރެ އެތަނުގައި އިމާރާތްކުރުމުގެ މަސައްކަތް ކުރިޔަށް ނުގެންދެވުނވެ. އަދިފަހުން މިހާރު ވަނީ އެހެން ބިމެއް އެކަމަށް ހަމަޖައްސައި، ހަވާލުކޮށްފައި ކަމަށް މޭޔަރު އިސްމާއީލް ރަފީގު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ރޭގެ ޖަސްލާގައި ވާހަކަފުޅު ދެއްކެވި ބަެއްފަރާތްތައް

މިހާރު ސަރުކާރާއި، ކައުންސިލުގެ ވިސްނުންވެސް ހުރީ އަލަސް އަޅާ އިމާރާތަކީ މާ ފުރިހަމަ ޚިދުމަތްތަކަކާއެކު ސަރަޙައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނެއްގެ ގޮތުގައި ތަރައްޤީކުރުންކަމަށް ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

މި ސަރުކާރަކީ ރައްޔިތުންގެ ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރާ ސަރުކާރެއްކަމަށާއި، އެކަން ފުވައްމުލައް ސިޓީއަށް އެކަނި ބަލާލުމުންވެސް އެނގިގެންދާނެކަމަށް ނާބުރައީސް ފާހަގަ ކުރެއްވިއެވެ. ފުވައްމުލައް ސިޓީގެ ރައްޔިތުންނަކީ ޒަމާނުއްސުރެ ދީނީ ކަންކަމަށް ޚާއްސަ ސަމާލުކަމެއްދޭ، ވަކިން ޚާއްސަކޮށް ޤުރުއާން ކިޔެވުމަށާއި، ޤުރުއާން ހިތުދަސްކުރުމަށް ޚާއްސަ ސަމާލުކަމެއްދޭ ރައްޔިތުންތަކެއް ދިރިއުޅެމުންދާ ސިޓީއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ދަރިވަރުންގެ ފަރާތުން ވާހަކަ ދެއްކުން

“އިރާދަކުރެއްވިއްޔާ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ ގޮފި ތަރައްޤީކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކުރާނަން. އެ ޔަޤީންކަން އަޅުގަނޑު މޭޔަރަށް ދެން. މިތަނަކީ ނަމޫނާ މަރުކަޒަކަށް އަޅުގަނޑުމެން ހަދާނަން” އިސްލާމިކް މިނިސްޓަރު ޑރ.ޒާހިރު ރޭގެ ޖަލްސާގައި ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ ގޮފިން ހިންގި ތަފާތު އެކި ކޯސްތައް ފުރިހަމަކުރި 184 ދަރިވަރަކު ދަސްވެނިވެފައި ވެއެވެ. އަދި އެއިގެ ތެރެއިން ގިނަ ދަރިވަރުން ވަނީ ރޭގެ ރަސްމިއްޔާތުގޒއި ސެޓްފިކެޓާއި ސްޓޭޖްމަތިން ހަވާލުވެފައެވެ. މިހާތަނަށް ތަފާތު އެކި ކޯސްތައް ފުރިހަމަކޮށްގެން 800 އަށްވުރެ ގިނަ ދަރިވަރުން ފުވައްމުލައް ގޮފިން ވަނީ ދަސްވެނިވެފައެވެ.

ގުރުއާން މުދައްރިސްކަމުގެ ޑިގްރީ ހާސިލް ކުރި ދަރިވަރުން

ދަސްވެނިވި ކޯސްތައް

އިމާމުކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި 17 ދަރިވަރުން

ޤުރުއާން މުދައްރިސުކަމުގެ ޑިގްރީ ކޯސް ފުރިހަމަކުރި 13 ދަރިވަރުން

ޖަމާޢަތްތެރިކަމުގެ ކޯސް ފުރިހަމަކުރި 27 ދަރިވަރުން

ޤިރާއަތު ސެޓްފިކެޓް ލެވެލް 1 ފުރިހަމަކުރި 45 ދަރިވަރުން

ޤިރާއަތު ސެޓްފިކެޓް ލެވެލް 2 ފުރިހަމަކުރި 38 ދަރިވަރުން

ޤިރާއަތު ސެޓްފިކެޓް ލެވެލް 3 ފުރިހަމަކުރި 28 ދަރިވަރުން

ޤިރާއަތު ސެޓްފިކެޓް ލެވެލް 4 ފުރިހަމަކުރި 16 ދަރިވަރުން ހިމެނެއެވެ.

ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ފުވައްމުލައް ސިޓީގައި ކީރިތި ހުޅުވާފައި ވަނީ 2011 ވަނަ އަހަރުގައެވެ.

އިމާމު ޑިގްރީ ދަރިވަރުން 2021

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !