A wide advertisement which will be shown on all devices. (700 x 100)

ހަކުރު ބަލީގެ ދުވަހާއި ގުޅުވައިގެން ޚާއްސަ ހަރަކާތްތަކެއް

ދުނިޔޭގެ ހަކުރުބަލީގެ ދުަވސް 14 ނޮވެމްބަރު

މިއަހަރު ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާއި ގުޅުވައިގެން ޚާއްސަ ހަރަކާތްތަކެއް ހިންގުމަށް ފުވައްމަލަކު ހޮސްޕިޓަލުން އިއުލާންކޮށްފިއެވެ. ދުނިޔޭގެ ހަކުރު ބަލިގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ނޮވެމްބަރު 14 ވަނަ ދުވަހެވެ.

ދުނިޔޭގެ ހަކުރު ބަލީގެ ދުވަހާއި ގުޅުވައިގެން މި ނޮވެމްބަރު މަހު 13 އަދި 14 ވަނަ ދުވަހުތަފާތު ހަރަކާތްތަކެއް ހިންގުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ ރާވާފައެވެ. އެގޮތުން ގޮނޑުށުގެ ކަސްރަތު ހަރަކާތަކާއި، މެޑިކަލް ކޭމްޕަކާއި، ހަކުރު ބަޔައްޔަށް ހޭލުންތެރި ކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނަކާއި، ހަކުރު ބަޔައްޔަށް ހޭލުންތެރި ކުރުމާއި ގުޅުވައިގެން ބާއްވާ ޚާއްސަ ދުވުމަކާއި، ދުވަހުގެ ޚާއްސަ ޖަލްސާއެއް ހިމެނެއެވެ.

ހަކުރުބަލީގެ ދުވަހާއި ގުޅިގެން ބާއްވާ ކޭމްޕްގައި އައިޖީއެމްއެޗް ގެ އެތެރެ ހަށީގެ ޑޮކްޓަރުންނައި ނަރުުހުން ބައިވެރިވެ ވަޑައި ގަންނަވާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލުން ހާމަކުރައްވައެވެ.

ދުނިޔޭގެ ހަކުރުބަލިގެ ދުވަސް ފާހަގަކުރުން

ހަކުރު ބަލީގެ ދުވަހުގެ ހަރަކާތްތައް – ފުވައްމުލައް ސިޓީ

13 ނޮވެމްބަރު 2021، 6:30-7:30 ބީޗް އެކްސަސައިޒް – ފުވައްމުލަކު ތުނޑީގައި

13 ނޮވެމްބަރު 2021، 9:00-13:00 މެޑިކަލް ކޭމްޕް – ޔޫތު ސެންޓަރު ހޯލުގައި

13 ނޮވެމްބަރު 2021، 20:00-21:30 ޕަބްލިކް އެވެއާނެސް ސެޝަން – އެމްޖޭއެސް ހޯލުގައި

14 ނޮވެމްބަރު 2021، 9:00-13:00 އެވެއާނެސް ރަން – ފުވައްމުލައް ސްޓޭޑިއަމްގައި

14 ނޮވެމްބަރު 2021، 20:30-21:30 ހަކުރު ބަލީގެ ދުވަހުގެ ޚާއްސަ ޖަލްސާ – ހާފިޒް އަހުމަދު ސްކޫލް ހޯލުގައި

މިހަރަކާތްތަކުގައި ބައިވެރިވުމގެ ދައުވަތު އެންމެނަށް، އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.

މިއަހަރު ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތަތައް ކުރިޔަށް ގެންދަނީ ފުވައްމުލައް ސިޓީ ކައުންސިލާއި، ފުވައްމްުލައް ސިޓީގެ ސްކޫލްތައް ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލުންނެވެ.

ހަކުރުބަލި ޖެހުމަށް މަގުފަހިވާ މައުގަނދު 4 ކަމެއް ފާހަގަ ކުރެވެއެވެ. އެއީ ހެލިފެލިވެ އުލުން މަދުވުމާއި، ނުރަނގަޅު ކާނާ ކެވުން އިތުރު ވުމާއި، ބަރުދަން ހުންނަން ވާވަރަށްވުރެ އިތުރު ވުން އަދި އާއިލާގައި ހަކުރުވަލި އުޅުމެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !