A wide advertisement which will be shown on all devices. (700 x 100)

ބިޒިނަސް ސެންޓަރުން ސިޓީކައުންސިލާއި ބައްދަލުކޮށްފި

ބިޒިނެސް ސެންތަރުން ސިޓީ ކައުނސިލާއި ބައްދަލުކުރުން 2021 ޑިސެމްބަރު 29

ފުވައްމުލައް ސިޓިގައި އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ބިޒިނަސް ސެންޓަރުގެ ފަރާތުން ފުވައްމުލައް ސިޓީ ކައުންސިލާއި އިއްޔެ ބައްދަލުކޮށްފިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ ޖަލްސާކުރާ ކޮޓަރީގައި ބޭއްވި ބައްދަލުވުމުގައި މޭޔަރާއި ސިޓީ ކައުންސިލް މެމްބަރުންނައި ސިޓީ ކައުންސިލް އިދާރާގެ އިސްފަރާތްކުން ބައިވެރިވެފައި ވެއެވެ.

ބިޒިނެސް ސެންތަރުން ސިޓީ ކައުނސިލާއި ބައްދަލުކުރުން 2021 ޑިސެމްބަރު 29

މި ބައްދަލުކުރެއްވުމުގައި ބިޒިނަސް ސެންޓަރުން މިހާރު ހިންގާ ޕްރޮގްރާމްތަކާއި އަދި މިހާތަނަށް ހިންގުނު ޕްރޮގްރާމްތަކުގެ މައުލޫމާތު ހިއްސާކުރުވުނު ކަމަށް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ. މީގެއިތުރުން ފުވައްމުލައް ސިޓީގައި އުފެއްދުނު ވަޒީފާގެ ފުރުސަތުތަކާއި ބެހޭގޮތުން ވެސް މައުލޫމާތު ހިއްސާކުރެވުނު ކަމަށް ވެސް ސިޓީ ކައުންސިލުން ހާމަކުރައްވައެވެ.

ނަމަވެސް ބިޒިނެސް ސެޓަރުން ހިންގުނު ޕްރޮގްރާމުތަކުގެ އިތުރު މައުލޫމާތު ލިބޭގޮތް ވަނީ ނުވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !